މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ މާޗް މަހުގެ ދެވަނަ ދުވަހު ބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
އެޖަލްސާގައި، ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައި އެވެ.
ސަރުކާޜު ހިންގާ ޕާޓީ ޕީޕީއެމްއިން ބުނީ، މިއަހަރު ފުރަތަމަ މަޖިލީހުގެ ޖަލްސާތައް ފެށުމުން އެންމެ އިސްކަމެއް ދޭނީ ނިމުނު ދައުރުގައި ނުނިމި ހުރި ބިލްތައް ނިންމުމަށް ކަމަށެވެ. އެގޮތުން އެންމެ އިސްކަން ދޭނީ އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާތަކުން ހުށަހަޅާފައި ހުރި ބިލްތަކަށެވެ.
ކުރީގެ ބިލްތައް ނިންމުމަށް އިސްކަން ދިން ނަމަވެސް އާ ދައުރަށް މުޅިން އާ ބިލްތަކެއް ސަރުކާރުން ހުށަހަޅާނެ ކަމަށާއި އޭގެ ތަފްސީލް ހާމަ ކުރާނީ ފަހުން ކަމަށެވެ. މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ ނިންމާލި އިރު މަޖިލީހުގެ ތަޅުމަށް 12 ބިލެއް ހުށަހެޅިފައި އޮތެވެ.
2014 ވަނަ އަހަރުގެ އެންމެ ފަހު ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވަނީ 29 ޑިސެމްބަރުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް