ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި އިބްރާހިމް ވަހީދު (އަސްވާޑާ) އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އަސްވާޑު އިސްތިއުފާ ދެއްވީ ސަރުކާރުގެ އިސް ބޭފުޅަކު ފަންޑުކުރާ ޓީވީ ޗެނަލެއް ހެދުމުގެ މަސައްކަތުގައި ބައިވެރިވިކަން ފަޅާއެރުމުން ކަމަށް ރާއްޖެ ޓީވީ އިން އިއްޔެ ވަނީ ބުނެފަ އެވެ.
އަދި ރާއްޖެ ޓީވީ އިން ކުރަމުންދާ ތުހުމަތަކީ ޓޫރިޒަމް މިނިސްޓަރު އަދީބަށް ރަށްދުވާ ތުހުމަތެއް ކަމަށް ބައެއް ބޭފުޅުން ބުނަމުންދާތީ ރޭ އަދީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީ އަދި އަސްވާޑާ އޭނައާ ގުޅުމެއް ވާކަމަށް ކުރާ ތުހުމަތުތައް ދޮގުރާ ކަމަށެވެ.
"ރާޢްޖެ ޓީވީ ނުވަތަ އަޝްވާޑާއި އަޅުގަނޑާއި ގުޅުމެއް ވާކަމަށް ކުރާ ތުމުމަތުތައް ދޮގުކުރަން. އެކަމަކު ރާޢްޖެ ޓީވީ އަކީ މިނިވަން ޗެނަލެއް އަދި އަޝްވާޑަކީ ރަނގަޅު ނޫސްވެރިއެއް،" އަދީބު ޓުވީޓޫ ކުރައްވާފައި ވެ އެވެ.
https://twitter.com/Ahmed_Adeeb/status/566628427793313792
ޑެޕިއުޓީ ސީއީއޯގެ މަގާމުން އަސްވާޑު އިސްތިއުފާ ދެއްވާފައިވާއިރު، ރާއްޖެ ޓީވީގެ އެޑްވައިޒަރެއްގެ މަގާމުގައި މިހާރުވެސް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް