އަހަރެމެން ހިތްހަމަނުޖެހޭ ބައެއްކަންކަން އެއްބަސްވުމުގައި އަދި އެބަހުރި: ނަތަންޔާހޫ އޮފީސް

ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އަދި ރަސްމީކޮށް ނާދެވޭކަމުގައި އިސްރާޢީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ބުނެފިއެވެ. ނަތަންޔާހޫ އޮފީހުން ބުނެފައިވަނީ އިސްރާޢީލުން ހިތްހަމަ ނުޖެހޭ ބައެއް ކ...

15 Jan 2025 | 18:28

ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އަދި ރަސްމީކޮށް ނާދެވޭކަމުގައި އިސްރާޢީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން ބުނެފިއެވެ.

ނަތަންޔާހޫ އޮފީހުން ބުނެފައިވަނީ އިސްރާޢީލުން ހިތްހަމަ ނުޖެހޭ ބައެއް ކުދިކުދި ކަންކަން އަދި އެބަހުރި ކަމަށާއި ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި އެކަމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

"އެއްބަސް ނުވެވޭ ކުދި ކުދި ކަންކަން އެބަހުރި، އެހެނަސް މި ބަލަނީ މިރޭ އެއްބަސްވުމަކަށް އާދެވޭނެކަމަށް" ނަތަންޔާހޫގެ އޮފީހުން ބުނެފައިވެއެވެ.

ނަތަންޔާހޫގެ އޮފީހުން މިހެން ބުނެފައިވާއިރު އެއްބަސްވުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮނާލްޑް ޓްރަމްޕްވެސް އަދި ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުންވެސް ރިޕޯޓްކޮށްފައިވެއެވެ. އެ ޚަބަރާއެކު ޣައްޒާގެ ޚާން ޔޫނިސްގެ މަގުތަކުގައި ޣައްޒާގެ ރައްޔިތުން އަންނަނީ އުފާ ފާޅުކުރަމުންނެވެ. އަދި އަސީރުންނަށް މަރުޙަބާ ކިޔަން އިސްރާޢީލުގެ ރައްޔިތުންވެސް ވަނީ މަގުތަކަށް ނިކުމެފައެވެ.

ތިން މަރުޙަލާއަކަށް ދެމިގެންދާނެ މި އެއްބަސްވުމާއެކު ހަމަލަތައް ބަދަލުކުރުން ހުއްޓާލާނެއެވެ. އަސީރުންގެ ބަދަލުގައި އިސްރާޢީލުގެ ޖަލުތަކުގައި ތިބި ފަލަޞްޠީނަށް ނިސްބަތްވާ ހައްޔަރީން މިނިވަން ކުރާނެއެވެ. އަދި ޣައްޒާއިން އިސްރާޢީލުގެ ފައުޖުތައް ފައިބަން ފަށާނެއެވެ. އަދި ހަމަ އެހެންމެ ޣައްޒާ އާރާސްތުކުރުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް