15 މަހަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ ހަމަލަތައް މެދުކަނޑާލަން އިސްރާޢީލާއި ހަމާސް ޖަމާޢަތުން އެއްބަސްވެފައިވާކަމުގެ ޚަބަރާއެކު ޣައްޒާގެ މަގުތަކަށް ރައްޔިތުން ނިކުމެ އުފާ ފާޅުކުރަން ފަށައިފިއެވެ.
ބައިނަލްއަޤްވާމީ ގިނަ މީޑިއާތަކަކުން އެކި އެކި މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުގައި އިސްރާޢީލުންވެސް މިހާރު ވަނީ ހަމަލަތައް ހުއްޓާލުމަށް އެއްބަސްވެފައެވެ. ނަމަވެސް އިސްރާޢީލުން އަދި ރަސްމީކޮށް އެކަން އިޢުލާނެއް ނުކުރެއެވެ.
މި އުފާވެރި ޚަބަރާއެކު ޣައްޒާގައި ރައްޔިތުން އަންނަނީ ޚާން ޔޫނިސްގެ މަގުތަކަށް ނިކުމެ އުފާ ފާޅުކުރަން ފަށާފައެވެ. ބޮޑުބެރާއި ބަޑިބޭހުގެ ކުޅިވަރުތަކާއެކު އުފާ ފާޅުކުރުން ކުރިއަށްދާއިރު އަނެއްކޮޅުން އިސްރާޢީލުގެ ރައްޔިތުންވެސް ވަނީ އަސީރުންނަށް މަރުޙަބާ ކިޔުމަށް މަގުތަކަށް ނިކުމެފައެވެ.
ތިން މަރުޙަލާއަކަށް ދެމިގެންދާނެ މި އެއްބަސްވުމާއެކު ހަމަލަތައް ބަދަލުކުރުން ހުއްޓާލާނެއެވެ. އަސީރުންގެ ބަދަލުގައި އިސްރާޢީލުގެ ޖަލުތަކުގައި ތިބި ފަލަޞްޠީނަށް ނިސްބަތްވާ ހައްޔަރީން މިނިވަން ކުރާނެއެވެ. އަދި ޣައްޒާއިން އިސްރާޢީލުގެ ފައުޖުތައް ފައިބަން ފަށާނެއެވެ. އަދި ހަމަ އެހެންމެ ޣައްޒާ އާރާސްތުކުރުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް