ނުރަސްމީ ގަޑީގައި ފޯމު ފުރުމުގެ މަސައްކަތް ކުރި އިރު އަޅުގަނޑު އެތަނަށް ދިޔައީ ޕިއްޒާއެއް ކާލާ ވާހަކަ އެކުދިން ގުޅާފައި ބުނުމުން : މިނިސްޓަރު އިހްސާން

އޮފީހުގައި ފޯމު ފުރުމުގެ މަސައްކަތް ކުރިއަށްދިޔައީ ނުރަސްމީ ގަޑިއެއްގައި ކަމަށާއި އެތަނަށް ދިޔައީ ޕިއްޒާ ކެއުންވެސް އޮތް ވާހަކަ ބުނުމުން ކަމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އިހްސާ...

15 Jan 2025 | 17:24

އޮފީހުގައި ފޯމު ފުރުމުގެ މަސައްކަތް ކުރިއަށްދިޔައީ ނުރަސްމީ ގަޑިއެއްގައި ކަމަށާއި އެތަނަށް ދިޔައީ ޕިއްޒާ ކެއުންވެސް އޮތް ވާހަކަ ބުނުމުން ކަމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިހެން ވިދާޅުވީ "ދެން" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

ވެލާނާގޭގެ ފަންގިފިލާއެއްގައި ޕީއެންސީ ފޯމު ފުރާ މަންޒަފު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އަދި އެ ފޮޓޯތަކުން މިނިސްޓަރު އިހްސާންވެސް ފެންނަންހުރިއިރު މިނިސްޓަރު "ދެން" އަށް ވިދާޅުވެފައިވަނީ ފޯމުތައް ހޯދުމުގެ މަސައްކަތްކުރީ ސިޔާސީ މީހުން ކަމަށާއި މިނިސްޓްރީތަކަށް މިހާރު އައްޔަންކޮށްފައިވާ ސިޔާސީ މީހުންވެސް އެކަމުގައި ހިމެނޭ ކަމަށެވެ. އަދި އެ ފޮޓޯތަކަކީ ރަސްމީ ގަޑީގައި އެ މަސައްކަތުގައި އުޅުނު ދުވަހެއްގެ ފޮޓޯތައް ނޫންކަމަށްވެސް "ދެން" އަހް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު "ދެން" އަށް ވިދާޅުވެފައިވަނީ އިދާރީ ގޮތުން އެކަމުގައި އުޅޫނު ބަޔަކު ޕިއްޒާ ކެއުމެއްވެސް އޮތް ވާހަކަ ގުޅާފައި ބުނި ކަމަށާއި ހަވީރު ގާތްގަނޑަކަށް 05:30 ހާއިރު އެތަނަށް ދިޔަ ކަމަށާއި އެ ފޮޓޯތައް އެއީ އެ ގަޑީގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.

އެ ފޮޓޯތަކުގެ މައްސަލައިގާ އިހްސާން ވަޒީރު ކަމުން އެކަހެރި ކުރުމަށް އިދިކޮޅު އެމްޑީޕީއިން ގޮވާލާފައިވެއެވެ. އަދި މިނިސްޓަރު އިހްސާންގެ އިތުބާރުނެތްކަމުގެ މައްސަލަ ވެއްދުމަށްވެސް އެމްޑީޕީއިން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް