ހަމަލަތައް މެދުކަނޑާލަން އެކުލަވާލާ އެއްބަސްވުމަސް ހަމާސް ޖަމާއަތުން އެއްބަސްވެ އެކަން އިޢުލާނުކޮށްފި

ހަމަލަތައް މެދުކަނޑާލުމަށް ޤަތަރު އިސްވެ އޮވެ އެކުލަވާލާ އެއްބަސްވުމަށް އެއްބަސްވާކަން ހަމާސް ޖަމާއަތުން މީގެ ކުޑައިރުކޮޅެއް ކުރިން ހާމަކޮށްފިއެވެ. ބައިނަލްއަޤްވާމީ މީޑިއާތަކަށް ހަމާސް ޖަމާޢަތުން ބުނެ...

15 Jan 2025 | 17:08

ހަމަލަތައް މެދުކަނޑާލުމަށް ޤަތަރު އިސްވެ އޮވެ އެކުލަވާލާ އެއްބަސްވުމަށް އެއްބަސްވާކަން ހަމާސް ޖަމާއަތުން މީގެ ކުޑައިރުކޮޅެއް ކުރިން ހާމަކޮށްފިއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކަށް ހަމާސް ޖަމާޢަތުން ބުނެފައިވަނީ ހަމަލަތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް އެ ޖަމާޢަތުން އެއްބަސްވާކަމަށެވެ.

މި ހަމައިން ދެން އޮންނާނީ އިސްރާއީލުން އެކަމަށް ވަކި އެއްޗެއް ބުނުމެވެ. ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި އިސްރާޢީލުން މިކަމަށް ގޮތެއް ނިންމުމަށް އެ ޤައުމުގެ ސެކިއުރިޓީ ކެބިނެޓާއި ސަރުކާރު ހިމެނޭހެން ވޯޓަކަށް އެހުމަށް އަންނަނީ މިހާރު ތައްޔާރުވަމުންނެވެ.

ހަމާސް އިން އާނބަސް ބުނެ އިސްރާޢީލުން ވޯޓަކަށް ދާން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކަން މީގެ ގަޑިއިރެއްހާއިރު ކުރިން ބުނެފައިވަނީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެއްބަސްވުމަށް ދެ ފަރާތުންވެސް އެއްބަސްވުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ.

ހަމަލަތައް މެދުކަނޑާލަން އެއްބަސްވާ މި އެއްބަސްވުމުގައި އިސްވެ މެދުވެރިއެއްގެ ރޯލު ކުޅެނީ ޤަތަރުންނެވެ. އެއްބަސްވުމަކަށް އައުމަށް ވާގިވެރިވަނީ މިސްރާއި އެމެރިކާއިންނެވެ.

ތިން މަރުޙަލާއަކަށް ދެމިގެންދާނެ އެ އެއްބަސްވުމަށް ދެ ފަރާތުން އެއްބަސްވާ ވަގުތުން ފެށިގެން ހަމަލަތައް ބަދަލުކުރުން މެދުކަނޑާލާނެއެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައިތިބި އިސްރާޢީލުގެ އަސީރުންގެ ބަދަލުގައި އިސްރާޢީލުގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ހައްޔަރީން މިނިވަން ކުރާނެއެވެ. އިސްރާޢީލުގެ ފައުޖުތައް ޣައްޒާއިން ފޭބުމާއި ޣައްޒާ އާރާސްތުކުރަން ފުރުޞަތު ދިނުންވެސް އެ އެއްބަސްވުމުގައި ހިމެނެއެވެ.

އެއްބަސްވުމަށް ދެ ފަރާތުން އެއްބަސްވާނަމަ 15 މަސް ދުވަށް ދެމިގެންގޮސްފައިވާ ހަމަލާތަކަށް ނިމުމެއް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް