ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން މެދުކަނޑާލައިފި

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ މިހާރު ބޭނުންކުރަމުން އަންނަ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުނ...

15 Jan 2025 | 16:22

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ މިހާރު ބޭނުންކުރަމުން އަންނަ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން 30 ޖަނަވަރީގެ ނިޔަލަށް ހުއްޓައިލަން އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

މި ނިންމުން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ކަމުގައި އެ ކޮމިޝަނުން ބުނެފައިވެއެވެ. އަދި މިގޮތަށް ނިންމިނަމަވެސް "މައި ޕޯޓަލް" މެދުވެރިކޮށް ޕާޓީއިން ވަކިވުމުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާނެކަމަށްވެސް އިލެކްޝަންސް އިން ބުނެފައިވެއެވެ.

އިލެކްޝަންސް އިން އެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު ޕާޓީތަކަށް ވަގަށް މެންބަރުން ވެއްދުމުގެ މައްސަލަ މި ފަހަކަށް އައިސް ވަނީ ވަރަށް ހޫނުވެސްގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް