އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ. ޗާންދަނީ މަގުގައި ހުންނަ އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އެ ސަރަހައްދުގައި ފުލ...

15 Jan 2025 | 06:54

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.

ޗާންދަނީ މަގުގައި ހުންނަ އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު، ދައުރުވަމުން އަންނަ ފޮޓޯތަކުން ފެނެއެވެ.

އެ ހަރުގެއަށް ކަޅުތެޔޮ ޖަހާފައިމިވަނީ ކޮންގްރެސް ޕާޓީއިން ވަގު ފޯމު އިލެކްޝަނަށް ހުށަހަޅާކަމަށްބުނެ އެ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންގެ ފޮޓޯ އެމްޑީޕީގެ ހަރުގޭގެ ބޭރުގައި ހަރުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

މި ކަމާއި ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް