ސެނަހިޔާ ހޮސްޕިޓަލު ސަރަހައްދުން ޒަޚަމްތަކަކާއެކު މީހަކު ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަނީ ބުރުޒު މަގުން މޫން ލައިޓް ހިނގުމާއި ރަތްވިލާ ހިނގުމާއި ދެމެދުގެ ސަރަހައްދު ކޯޑަންކޮށްގެންނެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު ސެނަހިޔާ ހޮސްޕިޓަލު ކައިރިން ދިވެހި ފިރިހެނަކު ޒަޚަމްތަކަކާއެކު ފެނިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"މީހާ ސެނަހިޔާ ހޮސްޕިޓަލަށް ފަރުވާ ދިނުމަށްޓަކައި ގެންގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެ ސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް