ލ. އަތޮޅުގެ އާބާދީގެ އެންމެ ފަހުގެ އަދާހަމަ އެ އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ. އެއީ 2024 ވަނަ އަހަރުގެ ނިޔަލަށް އެ އަތޮޅުގެ އަދާހަމަކަމުގައި އެ ކައުންސިލުން ބުނެފައިވެއެވެ.
ހޯމަ ދުވަހު އެ ކައުންސިލުން ހާމަކުރި އެ އަދާހަމައަށް ބަލައިލާއިރު އެ އަތޮޅުގެ ޖުމުލަ އާބާދީއަކީ 19,468 އެވެ. އެ އަދަދުން 9517 އަކީ އަންހެނުން ކަމަށާއި 9951 އަކީ ފިރިހެނުން ކަމުގައި ބުނެފައިވެއެވެ.
ލ. ގެ އާބާދީގެ އަދާހަމައަށް ބަލައިލާއިރު އެ އަތޮޅު މާމެންދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައިވެސް ގިނައީ ފިރިހެނުންނެވެ. މާމެންދޫގައި 671 ފިރިހެނުން ތިބިއިރު އަންހެނުންގެ އަދަދަކީ 696 އެވެ.
އަތޮޅުގެ ރަށްރަށުގެ އާބާދީ:
- އިސްދޫ: 723 އ 764 ފ
- ކަލައިދޫ: 502 އ 561 ފ
- ދަނބިދޫ: 526 އ 552 ފ
- މާބައިދޫ: 542 އ 585 ފ
- މުންޑޫ: 158 އ 159 ފ
- ގަން: 2687 އ 2804 ފ
- ފޮނަދޫ: 1521 އ 1582 ފ
- މާމެންދޫ: 696 އ 671 ފ
- ހިތަދޫ: 648 އ 682 ފ
- ކުނަހަންދޫ: 470 އ 483 ފ
- މާވަށް: 1044 އ 1108 ފ
ޖުމްލަ އަދަދަށް ބަލައިލާއިރު އެ އަތޮޅުގައި އަންހެނުންނަށްވުރެ 434 ފިރިހެނުން އިތުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް