ފަޒީސް ހިޖާމާ ކްލިނިކް ރަސްމީކޮށް ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފިއެވެ.
މިކަން ފަޒީލާ އުސްމާން ވަނީ އޭނާގެ ސޯޝަލް މީޑީއާ އެކައުންޓްތަކުގައި ހިއްސާކޮށްފައެވެ.
ފަޒީ ބުނެފައިވަނީ ހިޖާމާ ކްލިނިކް ރަޖިސްޓްރީ ކުރެވުމަކީ މި ވޭތުވެދިޔަ އަށް އަހަރު ކުރަމުންދިޔަ އުންމީދެއް ކަމަށެވެ.
"ނަމަވެސް ކްލިނިކުން ހިޖާމާ ފަރުވާ އަދި ފެށެން އޮތީ އޮޕަރޭޓިންގް ލައިސަންސް ލިބިގެން" ފަޒީ ބުނެފައިވެއެވެ.
އޭނާ ބުނެފައިވަނީ އެ ލައިސަންސް ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން އަންނަ ކަމަށެވެ.
ފަޒީ ހިންގަމުންދިޔަ ހިޖާމާ ކްލިނިކް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ހުއްޓުވާފައެވެ. އޭރު އެ ކްލިނިކް ހުއްޓުވީ ހުއްދަ ނުނަގައި އެކަން ކުރާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް