ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަރުކޮށްފައިވާ ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅެ އެކަން ނާކާމިޔާވުމުން ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދިން މީހާ ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ށ. ބިލެއްފަހި، ޗަނބޭލީގޭ އުމުރުން 43 އަހަރުގެ އިބްރާހިމް ޒާލިފެވެ.
ފުލުހުން ބުނެފައިވާގޮތުގައި ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުވުމުން މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށެވެ.
ޒާލިފް ހައްޔަރުކުރީ ރޭ 09:43 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް