ސާހިލް ޚާންގެ އަންހެނުން އިސްލާމްދީން ޤަބޫލުކޮށްފި

ބޮލީވުޑް ފިލްމީ ތަރި ސާހިލް ޚާން އެންމެ ފަހުން ކައިވެނި ކުރި ބެލަރޫސްއަށް ނިސްބަތްވާ އޭނާގެ އަންހެނުން އިސްލާމްދީން ޤަބޫލުކޮށްފިކަން ސާހިލް އިޢުލާނުކޮށްފިއެވެ. މިކަން ސާހިލް އިޢުލާނުކޮށްފައިވަނީ އިންސ...

15 Jan 2025 | 02:02

ބޮލީވުޑް ފިލްމީ ތަރި ސާހިލް ޚާން އެންމެ ފަހުން ކައިވެނި ކުރި ބެލަރޫސްއަށް ނިސްބަތްވާ އޭނާގެ އަންހެނުން އިސްލާމްދީން ޤަބޫލުކޮށްފިކަން ސާހިލް އިޢުލާނުކޮށްފިއެވެ.

މިކަން ސާހިލް އިޢުލާނުކޮށްފައިވަނީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ސާހިލް ބުނެފައިވަނީ އޭނާގެ އަންހެނުން މިލޭނާ އެލެކްސެންޑްރާ އިސްލާމްދީން ޤަބޫލުކޮށްފައިވާކަން ފަހުރުވެރިކަމާއެކު އިއުލާނުކުރާކަމަށެވެ.

ބެލަރޫސް އަށް ނިސްބަތްވާ މިލޭނާ އާއި ސާހިލް ކައިވެނިކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ސާހިލް ޚާން އެންމެ ކުރިން ކައިވެނިކުރީ ނޯވޭއަށް ނިސްބަތްވާ ނިގާ ޚާން އާއެވެ. ނިގާ ޚާން އަކީވެސް ބޮލީވުޑްގެ ބައެއް ފިލްމުތައް ކުޅެފައިވާ ކުރީގެ ތަރިއެކެވެ. 2004 ވަނަ އަހަރު ކުރި އެ ކައިވެނި އަހަރެއްގެ ތެރޭގައި ރޫޅުނެވެ.

ސާހިލް ޚާން އަކީ 2001 ވަނަ އަހަރު ރިލީޒްކުރި "ސްޓައިލް" ފިލްމުން ބޮލީވުޑަށް ނިކުތް ތަރިއެކެވެ. އެއަށްފަހު 2003 ވަނަ އަހަރު "އެކްސްކިއުސްމީ" އަދި އެންމެ ފަހުން 2010 ވަނަ އަހަރު ކުޅުނު "ރަމާ: ދަ ސޭވިއާ" ހިމެނޭހެން 10 އަހަރުގެ ކެރިއަރގައި އޭނާ ވަނީ ހަ ފިލްމެއް ކުޅެފައިވެއެވެ.

2010 ގެ ފަހުން ބޮލީވުޑް ފިލްމެއް ކުޅެފައިނުވާ ސާހިލް މިހާރު ފާހަގަކުރެވެނީ ފިޓްނަސް އާއި ގުޅުންހުރި ވިޔަފާރިވެރިއެއްގެ ގޮތުގައެވެ.

ސާހިލްގެ އުމުރަކީ 48 އަހަރެވެ. ސާހިލްގެ އަންހެނުން މިލޭނާގެ އުމުރަކީ 21 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް