މިއަދަކީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވީ ބުދަ ދުވަހެވެ. މަސް ނިމެން އަދި ބާކީ 16 ދުވަސް އެބަ އޮތެވެ.
މި 16 ދުވަހުގެ ތެރޭގައިވެސް ބޮލީވުޑްގެ ބޮޑު ހަތަރު ފިލްމެއް ރިލީޒް ކުރާނެއެވެ.
އެ ހަތަރު ފިލްމު
އިމަޖެންސީ – ޖަނަވަރީ 17ގައި
ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށް، ޕްރޮޑިއުސްކޮށް އަދި ލީޑު ރޯލްގައި އެކްޓްވެސް ކޮށްފައިވާ އިމަޖެންސީ ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ ޖަނަވަރީ 17 ވާ ހުކުރު ދުވަހުގައެވެ.
ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކަންގަނާ ކުޅޭ މި ފިލްމަކީ އިންޑިއާގައި 1975 ވަނަ އަހަރު އިއުލާނުކުރި އިމަޖެންސީ ހާލަތު ދައްކުވައިދޭ ފިލްމެކެވެ.
އާޒާދު – ޖަނަވަރީ 17 ގައި
އަބީޝޭކް ކަޕޫރު ޑައިރެކްޓްކޮށް، އަޖޭ ދޭވްގަން އާއި ރަޝާ ތަދާނީ އާއި އާމަން ދޭވްގަން ފެނިގެންދާ "އާޒާދު" ވެސް ރިލީޒް ކުރަން ތާވަލުކޮށްފައިވަނީ މި ހުކުރަށެވެ.
މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ އަޖޭ ދޭވްގަންގެ ފިރިހެން ދަރި އާމަން ދޭވްގަން އަދި ރަވީނާ ތަންޑަންގެ އަންހެން ދަރި ރަޝާ ތަދާނީގެ ފުރަތަމަ ފިލްމަށް މި ފިލްމު ވެގެންދާކަމެވެ.
ސްކައިފޯސް – ޖަނަވަރީ 24 ގައި
އިންޑިއާ އެއާފޯސްއާއި ގުޅުންހުރި ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސްކައިފޯސް ރިލީޒްކުރާނީ މި ޖަނަވަރީ 24 ގައެވެ.
މި ފިލްމުން ލީޑް ތަރިންގެ ގޮތުގައި އަކްޝޭ ކުމާރާއި ނިމްރަތު ކޯރުގެ އިތުރުން ސާރާ އަލީ ޚާން ފެނިގެންދާނެއެވެ.
ދޭވާ – ޖަނަވަރީ 31
މި ޖަނަވަރީގައި ރިލީޒްކުރާ ބޮލީވުޑް އެންމެ ނުފޫޒުގަދަ ފިލްމަކަށް ވެގެންދާނީ ޝާހިދު ކަޕޫރު އެކްޓްކޮށްފައިވާ ދޭވާ ކަމުގައި ބެލެވެއެވެ.
ޝާހިދު ކަޕޫރު މި ފަހަކަށް އައިސް ކުޅުނު ކޮންމެ ފިލްމެއްވެސް ބޮކްސް އޮފީހުގައި ފާހަގަވެގެންގޮސްފައިވަނީ ހިޓް ފިލްމެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް