އެމްޑީޕީގައި އިތުރު ބައެއްގެ ތާއީދު ހޯދޭނެ ހަމައެކަނި ކެންޑިޑޭޓަކީ އަޅުގަނޑު: ރައީސް ޞާލިހް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި އިތުރު ބައެއްގެ ތާއީދު ހޯދޭނެ ހަމައެކަނި  ކެނޑިޑޭޓަކީ އެ މަނިކުފާނުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް...

15 Jan 2023 | 10:40

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި އިތުރު ބައެއްގެ ތާއީދު ހޯދޭނެ ހަމައެކަނި  ކެނޑިޑޭޓަކީ އެ މަނިކުފާނުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމުގައެވެ.

އެގޮތުން މަރަދޫ ފޭދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ ހަމައެކަނި އެމްޑީޕީގެ ތާއީދު ނޫން ކަމަށެވެ.

އަދި އެ ޕާޓީއާއެކު އެހެން އިތުރު ބައެއްގެ ތާއީދު ހޯދޭނެ ހަމައެކަނި ބޭފުޅަކީ އެ މަނިކުފާނު ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.

މިގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވެން އޮތީ ގިނަ ބައެއްގެ ތާއީދާއެކު މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުތުމުން ކަމަށެވެ.

މީގެ އިތުރުން 2018 ގައި ރައީސް ޞާލިހް ވެރިކަމަށް ގެނައުމަށްޓަކައި އެމްޑީޕީން ހެދި ކޯލިޝަން އަދިވެސް ދެމިއޮތުމުން ކޯލިޝަން ގޮވައިގެން އުޅުއްވުމުގެ ގާބިލްކަން ހުރި ބޭފުޅަކީ އެމަނިކުފާނު ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިދިޔަ ހުކުރު ދުވަހު ރައީސް އައްޑު އަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލައްވަނީ މިރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް