ނޭޕާލުގައި 72 ދެމީހުން ގޮވައިގެން ދަތުރު ކުރި މަތިންދާ ބޯޓެއް ވެއްޓި އެތައް ބަޔަކު މަރުވެއްޖެ އެވެ.
މި ބޯޓު ދަތުރު ކުރީ އެގައުމުގެ ވެރިރަށް ކަތަމަންޑޫއިން ޕޮކާރާއަށެވެ. ޓޫރިސްޓުންގެ މެދުގައި މަގުބޫލު ޕޮކާރާ އޮންނަނީ ކަތަމަންޑޫ އާއި 200 ކިލޯމީޓަރު ދުރުގައި އެވެ.
މިއަދު ހިނގި މިހާދިސާގައި މިހާތަނަށް މަރުވެފައިވާ 16 މީހެއްގެ ހަށިގަނޑު ފެނިފައިވެ އެވެ. އިތުރު ހަށިތައް ފެނުމުގެ ފުރުސަތު އޮތް އިރު މި ބޯޓުން ޓޫރިސްޓުންވެސް ދަތުރު ކުރިި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ބޯޓުގައި ދަތުރު ކުރި މީހުންގެ ތެރޭގައި 10 ޓޫރިސްޓުންނާއި ދެ ކުޑަކުދިން ހިމެނެ އެވެ.
ބޯޓު ވެއްޓުނު ސަރަހައްދުގައި އަލިފާން ރޯވުމާއި އެކު ބޯ ދުންގަނޑެއް ފެތުރިފައިވާއިރު ރެސްކިއު ޓީމުތަކުން ވަނީ ދިރިހުރި މީހަކު ފެތޯތޯ އާއި ސަލާމަތް ކުރެވޭތޯ މަސައްކަތް ފަށާފައި އެވެ.
މި ހާދިސާގެ މަންޒަރު ދުށް މީހަކު ބުނީ ނޭޕާލަށް މިދުވަސް ވަރު ދުރު ފެންނަވަރު ދަށްވެފައި ވީނަމަވެސް މިއަދު ޕޮކާރާގެ މޫސުން ރަނގަޅުވެފައި ދުރުފެންނަ ވަރުވެސް އެހާ ދަށް ނޫން ކަމަށެވެ. އަދި ބޯޓު ވެއްޓުނު އަޑު އިވުނީ ކުއްލިއަކަށް ކަމަށާއި ގިނަ ބަޔަކަށް ގަދަ އަޑާއި އެކު ސިހުން ލިބި، ބިރުވެރިކަން ވެރިވި ކަމަށެވެ.
ނޭޕާލަކީ އާންމުކޮށް ފިނި ގައުމަކަށް ވާތީ ދުރު ފެންނަ ވަރު ދަށްވުމުގެ ސަބަބުން މިފަދަ ހާދިސާތައް ހިނގުން އިތުރު ގައުމެކެވެ. މިދިޔަ އަހަރުގެ މެއި މަހުވެސް ޕޮކާރާގެ ސަރަހައްދަކަށް މަތިންދާ ބޯޓެއް ވެއްޓި ގިނަ ބަޔަކު މަރުވެފައިވެ އެވެ. އެކަމަކު ބައެއް ދަތުރުތަކުގައި މީހަކަށް ގެއްލުމެއް ނުވެ ސަލާމަތްވެސް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް