ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް 600އެއްހާ ވޯޓުފޮށި ބަހައްޓާނެކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިން އެ ބައްދަލުވުމުގައި އިލެކްޝަނުން ބުނީ ރިޔާސީ އިންތިހާބު 2023 ގައި ބަހައްޓަންޖެހޭނެކަމަށް ލަފާކުރެވޭ ޖުމްލަ ވޯޓު ފޮށީގެ އަދަދަކީ 600 ކަމަށާއި ނަމަވެސް ވޯޓާސް ރަޖިސްޓްރޭޝަން މަރުހަލާއަށްފަހު މި އަދަދު އުނި އިތުރުވުން އެކަށީގެންވާކަމަށެވެ. ވޯޓު ފޮށީގެ ސީލިންއަކީ 800 (ގިނަވެގެން ބަހައްޓާނީ) ކަމުގައިވެސް އިލެކްޝަންސް އިން ބުންޏެވެ.
ވޯޓުފޮށީގެ ބްރޭކްޑައުން
- މާލޭގައި 145 ފޮށި - 2018ގައި ބެހެއްޓީ 103 ފޮށި
- ހުޅުމާލޭގައި 47 ފޮށި - 2018ގައި ބެހެއްޓީ 13 ފޮށި
- ވިލިމާލޭގައި 10 ފޮށި - 2018ގައި ބެހެއްޓީ ހަ ފޮށި
- ސިޓީތަކާއި އަތޮޅުތަކުގައި 327 ފޮށި - 2018 ގައި ބެހެއްޓީ 302 ފޮށި
- ރާއްޖެއިން ބޭރުގައި 12 ފޮށި - 2018ގައި ބެހެއްޓީ ފަސް ފޮށި
- ރިސޯޓުތަކުގައި 50 ފޮށި - 2018ގައި ބެހެއްޓީ 35 ފޮށި
- ޖަލުތަކުގައި ހަތަރު ފޮށި - 2018 ގައިވެސް ބެހެއްޓީ ހަތަރު ފޮށި
- ސިނާއީ ސަރަހައްދުތަކުގައި ފަސް ފޮށި – 2018ގައި ބެހެއްޓީ ހަތަރު ފޮށި
މި އަދަދު ތަކަށް ބަލާލާއިރު 2018 ވަނަ އަހަރު ބެހެއްޓި 472 ފޮއްޓެވެ. މި އަހަރު 600 ފޮށި ބަހައްޓާއިރު މިއީ 128 ފޮށީގެ އިތުރުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް