މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ އާބާދީއަކީ ގާތްގަނޑަކަށް 280،000 (ދެ ލައްކަ އައްޑިހަ ހާސް) ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އިންތިހާބާއި ގުޅޭގޮތުން މައުލޫމާތުދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި މި މައުލޫމާތު ހާމަކުރަމުން އެ ކޮމިޝަނުން ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ބަލާއިރު، 18 އަހަރު ފުރިގެން އިތުރުވި މީހުންނާއި އަދި ނިޔާވުމުގެ ސަބަބުން އުނިވެފައިވާ މީހުންގެ ތެރެއިން 2018 އާއި 2023ގެ ފަރަގަކީ ގާތްގަނޑަކަށް 21 ހާސް މީހުން ކަމަށެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 262،135 (ދެ ލައްކަ ފަސްދޮޅަސް ހާސް ސަތޭކަ ތިރީސް ފަސް) މީހުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބާއި ގުޅޭ މުހިންމު ތާރީހުތައްވެސް އެ ކޮމިޝަނުން އިއުލާނުކުރިއެވެ.
https://twitter.com/dhuvasmv/status/1614520272295530496
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް