ރިޔާސީ އިންތިހާބާ ގުޅޭ މުހިންމު ތާރީހުތައް މިއަރު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މި ތާރީހުތައް ހާމަކޮށްފައިވަނީ މިކަމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ހާމަކުރިގޮތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ނިންމާފައިވަނީ 09 ސެޕްޓެމްބަރު 2023 ވާ ހޮނިހިރު ދުވަހުގައެވެ.
މުހިއްމު ތާރީހުތައް
- އިންތިހާބު ބާއްވާ ތާރީހު – 09 ސެޕްޓެމްބަރ 2023، ހޮނިހިރު
- ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އާއްމުކުރުން – 02 މެއި 2023، އަންގާރަ
- ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު 30 ދުވަސް – 02 މެއި 2023 އިން 02 ޖޫން 2023 އަށް
- ރީ ރަޖިސްޓްރޭޝަން މުއްދަތު (21 ދުވަސް) 16 ޖުލައި 2023 އިން 5 އޯގަސްޓް 2023
- ޓްރެއިނިންގ އޮފް ޓްރެއިނަރސް – 16 ޖުލައި 2023
- ކެނޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު – 23 ޖުލައި އިން 3 އޯގަސްޓްގެ ނިޔަލަށް
- އޮބްޒާވަރުން އަދި މޮނިޓަރިންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު – 25 ޖުލައި އިން 13 އޯގަސްޓް 2023 ގެ ނިޔަލަށް
- ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އިއުލާނު ކުރުން – 9 އޯގަސްޓް 2023
- ކެނޑިޑޭޓުން ކެމްޕެއިން ކުރުމަށް ލިބޭ މުއްދަތު – 10 އޯގަސްޓް އިން 8 ސެޕްޓެމްބަރު 2023 ގެ ނިޔަލަށް
- މަންދޫބުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު – 10 އޯގަސްޓް އިން 17 އޯގަސްޓް 2023 ގެ ނިޔަލަށް
- އޮފިޝަލުން ތަމްރީން ޕްރޮގްރާމް – 20 އޯގަސްޓް އިން 29 އޯގަސްޓް 2023 ގެ ނިޔަލަށް
- އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން – ނަތީޖާ ޝީޓު ލިބޭ ވަރަކުން
- އިންގތިހާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުން – އިންތިހާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައި
- ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ އިންތިހާބު ބާއްވާ ތާރީހު – 30 ސެޕްޓެމްބަރ 2023، ހޮނިހިރު
- ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ވަގުތީ ނަތީޖާ އިއުލާނު ކުރުން – ނަތީޖާ ޝީޓް ލިބޭ ވަރަކުން
- ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ރަސްމީ ނަތީޖާ އިއުލާނު ކުރުން – އިންތިހާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައި
މީގެ އިތުރުން މިއަދު ހާމަކުރި އިތުރު މައުލޫމާތަށް ބަލާއިރު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 280،000 (ދެ ލައްކަ އައްޑިހަ ހާސް)އަށް އަރާނެކަމުގައި އިލެކްޝަނުން ހާމަކުރިއެވެ. 600 ވޯޓު ފޮށި ބަހަންޓަންޖެހޭނެކަމަށް އަންދާޒާ ކުރެވޭކަން ހާމަކުރިއެވެ. އަދި މި އަހަރުގެ އިންތިހާބަށް އިތުރު 6772 މުވައްޒަފުން ނަގާނެ ކަންވެސް ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް