މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 91.5 މިލިއަން ރުފިޔާ ލިބުނު

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 91.53 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މީރާ އިން އާންމު ކުރި ތަފ...

15 Jan 2023 | 06:59

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 91.53 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާ އިން އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 91.53 މިލިއަން ރުފިޔާވަނީ ލިބިފައި އެވެ.

2022 އަހަރުގެ ނިޔަލަށް 91.53 މިލިއަން ރުފިޔާ ހޯދާފައިވާއިރު މިއީ 2021 ވަނަ އަހަރަށް ވުރެ 20 ހާސް ރުފިޔާގެ އިތުރު އަދަދެއް ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މުދަލު ޒަކާތުގެ ނިސާބަކީ 5777.45 ރުފިޔާ އެވެ.

ނިސާބު ކަނޑައަޅުއްވާ އެންމެ ފަހުން އިސްލާމިކް މިނިސްޓްރީން ބަދަލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް