ލާމަރުކަޒީ ނިޒާމު އޮތަސް ރައްޔިތުން ބޭސްފަރުވާ އަށް މާލެ އަންނަ މިންވަރު މަދެއް ނުވޭ: ނަޝީދު

ލާމަރުކަޒީ ނިޒާމު ޤާއިމު ކުރެވުނަސް، ރައްޔިތުން ބޭސްފަރުވާ އަށް މާލެ އަންނަ މިންވަރު މަދު ނުވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝ...

15 Jan 2023 | 06:55

ލާމަރުކަޒީ ނިޒާމު ޤާއިމު ކުރެވުނަސް، ރައްޔިތުން ބޭސްފަރުވާ އަށް މާލެ އަންނަ މިންވަރު މަދު ނުވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ތ. އަތޮޅަށް ވަޑައިގެން ވިލުފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިލުފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލާ މަރުކަޒީ ނިޒާމު ޤާއިމު ކުރެވުނަސް ކައުންސިލްތަކުން ވަފްދު ހަދާފައި މާލެ ދިއުން މަދުނުވާ ކަމަށެވެ.

ރަށް ރަށުގައި ދިރިއުޅޭ މީހުން އިންތިހާއަށް މަދުވެއްޖެ ކަމަށާއި މަދަރުސާ އަށް ވައްދާ ރަށްރަށުގެ ކުދިން މާލެ މަދަރުސާ އަށް ވަންނަ ވަރު މަދު ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އަދި ބޭސްފަރުވާ އަށް މާލެ އަންނަ ފަރާތްތަކުގެ މިންވަރު މަދު ނުވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރައްވާފައި ވެއެވެ.

މިގޮތުން ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ޤާއިމުކުރެވުނަސް އެނިޒާމުގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފޭކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އަމާޒަކީ އާންމު ވިޔަފާރި އަށް ލިބޭ އާމްދަނީ އިތުރު ކުރުން ކަމަށާއި މި ކަމުގެ ސަބަބުން ރަށް ތިޔާގިވެ ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެން ދާކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ވެރިކަން ހޯދުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ އެމީހުންނަށް ޚިދުމަތް ކުރުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް