ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭ މީހުން ބޭސް ނަގަން ކޮންމެ ފަހަރަކު ޑޮކްޓަރު ކައިރިއަށް ގޮސްގެން ބޭސް ސިޓީ އައު ކުރަންޖެހޭތީ ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުން އެކަމަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައިފި އެވެ.
އައިޖީއެމްއެޗް އިން ބުނީ ބޭސް ސިޓީ އައު ކުރަންޖެހޭ ކޮންމެ ފަހަރަކު ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި އެހޮސްޕިޓަލުގައި ބަހައްޓާފައިވާ "ޑްރޮޕް ބޮކްސް" ފޮއްޓަށް ބޭސް ސިޓީ ލުމުން ޖެހިގެން އަންނަ ދުވަހު އައު ބޭސް ސިޓީ ލިބޭނެ ކަމަށެވެ.
އަދި ޑްރޮޕް ބޮކްސްއަށް ބޭސް ސިޓީ ލެވޭނީ ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 03:00 އަށް ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ ބޭސް ސިޓީ އައު ކުރުމަށްފަހު ބަލިމީހާގެ އެހީތެރިޔާއަށް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 02:00ގެ ނިޔަލަށް ބޭސް ސިޓީ ދޫކުރާނެ ކަމަށެވެ.
އައިޖީއެމްއެޗް އިން ބުނީ މި ޚިދުމަތާއި އެކު ބޭސް ސިޓީ އާކުރަންޖެހޭ މީހުންނަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް