ވިރާޓާއި އަނުޝްކާ، ތިބި ތަން ދިމާކުރުމުގައި ވާދަވެރިކަން ބޮޑު!

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ އަދި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ޗުއްޓީ ހޭދަ ކުރަމުންދާ ތަނެއް ޔަގީން ކުރުމުގައި ވާދަވެރިކަން ބޮޑުވެއްޖެ އެވެ. ދެމީހުން އެ މަ...

15 Jan 2023 | 04:20

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ އަދި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީ ޗުއްޓީ ހޭދަ ކުރަމުންދާ ތަނެއް ޔަގީން ކުރުމުގައި ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ދެމީހުން އެ މަންޒިލަކަށް ޗުއްޓީއަށް ދިޔައީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. އޭގެ ފަހުން ދެމީހުންގެ ޗުއްޓީގެ އަޕްޑޭޓެއް ސޯޝަލް މީޑިއާގައި ދީފައެއް ނުވެ އެވެ.

އެކަމަކު އިއްޔެ ވިރާޓު ވަނީ ރީތި ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފައި އެވެ. އިންޑިއާ މީޑިއާ ސިފަ ކުރިގޮތުގައި އެއީ އިއްޔެގެ މަޝްހޫރު މީހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި ފޮޓޯ އެވެ.

އޭގައި ފެންނަނީ ވަރަށް ހިތްގައިމު މަންޒިލެއްގައި ދެމީހުން ކާންތިއްބަ އެވެ. މާދުރުނޫން ހިސާބެއްގައި މޫދު ފެންނަން އޮވެ އެވެ. އެ ފޮޓޯ އާއި އެކު ވިރާޓް ޖަހާފައިވަނީ ހިތް އިމޯޖީ އެވެ.

އެކަމަކު ފޮޓޯ ނަގަފާއިވާ ތަނެއް ނުވަތަ ގެސް ކުރުމަށް ހޭޝްޓެގް ބޭނުންކޮށްގެން އެއްޗެއްވެސް ލިޔެފައެއް ނުވެ އެވެ.

https://www.instagram.com/p/CnYkbndPeXT/

މި ފޮޓޯ އާއި އެކު ގިނަ މީހުންވަނީ އެއީ ކޮންތަނެއްތޯ ސޯޝަލް މީޑިއާގައި ސުވާލު ކުރަން ފަށާފައި އެވެ. އެންމެ ގިނަ ބަޔަކު ބުނެފައިވަނީ އެއީ އިންޑިއާ ނުވަތަ ރާއްޖެ ކަމަށެވެ.

އެއީ ރާއްޖެ ކަމަށް ބުނި ނަމަވެސް އެއްވެސް މީހަކަށް އެއީ ކޮން ރިސޯޓެއް ކަމެއް ބުނެދޭކަށް ނޭނގެ އެވެ. އެހެން ކަމުން އެއީ ރާއްޖެ ކަމަށް ގަބޫލު ކުރަން ގިނަ ބަޔަކަށް ދައްޗެވެ.

އެކަމަކު ވަރަށް ޔަގީން ކަމާއި އެކު މީހުން ވަނީ އެއީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ރިސޯޓު މަންޒިލެއް ކަމަށް ބުނެފައި އެވެ. އެހެން ކަމުން ދެމީހުން ޗުއްޓީ ހޭދަ ކުރަމުންދާތަނެއް ޔަގީން ވާނީ އަނުޝްކާ ނޫނީ ވިރާޓް އެ މަންޒިލްގެ ނަން ހާމަ ކުރުމުންނެވެ.

އެތަނެއްގައި ވިރާޓާއި އަނުޝްކާ ޗުއްޓީ ހޭދަ ކުރަމުންދަނީ ވަރަށް ސިއްރުން ކަމަށްވެ އެވެ. ދަރިފުޅުވެސް މި ޗުއްޓީގައި ބައިވެރިކުރިހެން ހީނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް