"ސްމައިލް އޮން" ގެ ނަމުގައި ސްކޫލުތަކުގައި މިއަދު ކެމްޕޭނެއް ފަށައިފިއެވެ.
ސްމައިލް އޮން ކެމްޕޭއަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ފައްސި ތަނަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަ ކުރުމަށްޓަކައި، ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށާއި މި ކެމްޕެއިންގައި މިފަދަ މާހައުލެއް ޤާއިމުކުރުމަށްޓަކައި، ދުވަހީ ތާވަލުގެތެރެއަށް ލެވިގެން ތަފާތު ހަރަކާތްތައް ހިންގިގެންދާނެކަމުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނެފައިވާގޮތުގައި މި ކެމްޕޭންގެ ސަބަބުން ސްކޫލްގައި ފައްސި މާހައުލެއް ގާއިމްކުރެވި އެކަކު އަނެކަކަށް އިހްތިރާމް ކުރާ، އަދި ކަންކަމާމެދު ފައްސި ވިސްނުން ގެންގުޅޭ ސްކޫލް މުޖުތަމަޢުއެއް ޤާއިމުވެގެންދާނެ މިނިސްޓްރީން ގަބޫލުކުރެއެވެ.
މި ކެމްޕެއިން މިއަދު ފަށާފައިމިވަނީ މާލޭގެ ސްކޫލް ތަކުގައެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ކެމްޕެއިން ފެށިގެންދާނެކަމުގައިވެސް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް