މަހިބަދޫ ކުނި އަޅާ ސަރަހައްދުގައި ގިނަ ދުވަސްވެފައި ހުރި ކުނިތައް ވެމްކޯއިން ނަގައިފި

އދ. މަހިބަނދޫގައި ގިނަ ދުވަސްވެފައި ހުރި ކުނިތަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ނަގައިފި އެވެ. ވެމްކޯއިން މައުލޫމާތު ދޭގޮތުގައި މިއަދު ހެނދުނު ފެށި މަސައްކަތް މިރެއާއި ލައިގެން ނިންމާލެ...

14 Jan 2023 | 19:29

އދ. މަހިބަނދޫގައި ގިނަ ދުވަސްވެފައި ހުރި ކުނިތަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ނަގައިފި އެވެ.

ވެމްކޯއިން މައުލޫމާތު ދޭގޮތުގައި މިއަދު ހެނދުނު ފެށި މަސައްކަތް މިރެއާއި ލައިގެން ނިންމާލެވޭނެ އެވެ.

މި މަސައްކަތް އެ ކުންފުނިން ކުރީ މަހިބަދޫ ކައުންސިލްގެ އެދުމުގެ މަތިންނެވެ. އުކާލި ތަކެތީގެ ތެރޭގައި އެ ރަށު ކުނި ގޮނޑަށް ޖަމާކޮށްފައި ހުރި ގިނަ ދުވަސްވީ ކުނިތައް ހިމެނެ އެވެ.

އޭގެ ތެރޭގައި ބާވެފައި ހުރި ގޭތެރޭގައި ހިފާ ގެންގުޅޭ ބާ ސާމާނު އަދި އެހެން ބާވަތްތަަކުގެ ކުނި ހިމެނެ އެވެ.

ވެމްކޯއިން މައުލޫމާތު ދޭގޮތުގައި މިއަދު ހަވީރުގެ ނިޔަލަށް މަހިބަނދޫ ގޮނޑުން 400 ޑަނުގެ ކުނި ނެގައިވެ އެވެ.

https://twitter.com/WAMCOmv/status/1614200326411939841

މަހިބަދޫގެ އިތުރުން ވެމްކޯއިން މީގެ ކުރިންވެސް ވަނީ ރަށްރަށުުގެ ކައުންސިލްތަކުގެ އެދުމުގެ މަތިން ކުނި ގޮނޑުތައް ސާފުކޮށްދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް