މަންދޫ ކައިރި ފަރަކަށް ޑައިވްކުރަން ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

އދ. މަންދޫ ކައިރި ފަރަކަށް ޑައިވިންގ އަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެ މީހާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދުގެ 15:55 ގައެވެ. އެެމްއެނ...

15 Jan 2022 | 17:34

އދ. މަންދޫ ކައިރި ފަރަކަށް ޑައިވިންގ އަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ މީހާ ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދުގެ 15:55 ގައެވެ.

އެެމްއެންޑީއެފް އިން ބުނީ މަންދޫ ކައިރި ފަރަކަށް ޑައިވްކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންގެ ތެރެއިން ފަތުރުވެރި އަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.

މި ޙާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ މާލޭ ސަރަހައްދުގެ ސިފައިން ކަމުގައި ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް