ކުޑަކުޑަ ކަމަކުން އުރީދޫއިން މިއަދުވެސް ދައްކައިދިނީ ރީތި މިސާލެއް

ދަތުރުފަތުރުކުރާއިރު ޕީސީއާރު ޓެސްޓް ހަދަން ހަމަ މަޖުބޫރުކުރުމާއެކު ރައްޔިތުންނަށް މަޖުބޫރުވީ ދިވެހިންނަށް އަބަދުވެސް އޮންނަ ގޮތް ކަމުގައިވާ ދިގު ކިއުއަށް އަރާށެވެ. ކުއްލިއަކަށް އެޗްޕީއޭއިން އެންގި އެ...

15 Jan 2022 | 16:18

ދަތުރުފަތުރުކުރާއިރު ޕީސީއާރު ޓެސްޓް ހަދަން ހަމަ މަޖުބޫރުކުރުމާއެކު ރައްޔިތުންނަށް މަޖުބޫރުވީ ދިވެހިންނަށް އަބަދުވެސް އޮންނަ ގޮތް ކަމުގައިވާ ދިގު ކިއުއަށް އަރާށެވެ. ކުއްލިއަކަށް އެޗްޕީއޭއިން އެންގި އެންގުމާއެކު ކިއުތަކަށް ބާރުބޮޑުވެގެންދިޔަ މިންވަރާއި ރައްޔިތުން އުޅުނު ހާލު، މީޑިއާތަކުގެ ފާއިތުވި ހަފްތާގެ ފަލަ ސުރުހީތަކަށް ބަލައިލުމުން ފެންނާނެއެވެ.

މިގޮތަށް ދަމާލާ ކިއުތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ، އެންމެ ތަކުލީފު ބޮޑު އެއް ކިޔުއަކީ ސެނަހިޔާ ކައިރީގައި ދަމާލާފައި އޮންނަ ކިއުއެވެ. ހެނދުނުން އަނބުރާ މެންދުރަށް އަޅާއިރު ރަތްދައްކާ އަވީގައި ރައްޔިތުން އެ ކިއުގައި ތިބޭ ތިބުން އެއީ ލޯތަކަށް ބަލަން ކެތްވާވަރު މަންޒަރަކަށްވެސް ނުވެއެވެ.

އެއް ބަޔަކު ކުޑަ ނަގައިގެން، އަނެއް ބަޔަކު މޫނުމައްޗަށް އަތް ހިއްލައިގެން ރަތްދައްކާ އަވީގައި ރޯމާ ދުވާލު އެންމެ ހޫނު ވަގުތު ޅަ ދަރީންވެސް ގޮވައިގެން ކޮޅަށް ތިބީ އެނޫން ގޮތެއް ނެތިގެންނޭވެސް ދެންނެވިދާނެއެވެ.

އެހެންނަމަވެސް މިއަދު ފެނިގެންދިޔައީ ލޮލަށް ފިނިކަން ގެނުވި މަންޒަރެކެވެ. އެއީ ސެނަހިޔާ ކައިރީގައި އޮންނަ ކިޔުއަށް އަވިން ސަލާމަތް ވެވޭނޭހެން ޓެންޓްތަކެއް އަތުރާފައި ހުރި މަންޒަރެވެ. ހަމަ އެކަނި ޓެންޓްތައް އެކަންޏެއް ނޫނެވެ. ގޮނޑިވެސް ހުރީ ބަހައްޓާފައެވެ.

އެ ޓެންޓްތަކަކީ އުރީދޫ މޯލްޑިވްސް އިން އެތާނގައި ބެހެއްޓި ޓެންޓު ތަކެކެވެ. ކަމާއި ބެހޭ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަ ހޯދުމަށްފަހު އުރީދޫއިން އެ ޓެންޓްތައް އެތާނގައި ބެހެއްޓީ މިއަދުގެ ވަގުތެއްގައެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖެއަށް ކޮވިޑުގެ ވަބާ އައި ހިސާބުން ފެށިގެން އިޖްތިމާއީ ގޮތުން މިފަދަ އެތައް އެހީތަކެއް ވެފައެވެ. މިއީވެސް އޭގެން ކުޑަ އެހީއެކެވެ.

ކުޑަކުޑަ ކަމަކުން އުރީދޫއިން މިއަދު އެ ދައްކުވައިދިނީ އޯގާތެރިކަމުގެ ރިވެތި މިސާލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް