ާއާންމުކޮށް ހުޅުވާލައިގެން ކޯވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖަހަން ފަށައިފި

ކޯވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒު އާންމުކޮށް ހުޅުވާލައިގެން ޖަހަން ފަށައިފި އެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހައިދެމުން ދނީ ފައިޒާ ވެކްސިނެވެ. ހަ ތަނަކުން އެޕޮއިންމެންޓް ހައްދައިގެން ބޫސްޓާ ޑޯޒް ޖެހެ އެވ...

15 Jan 2022 | 12:37

ކޯވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒު އާންމުކޮށް ހުޅުވާލައިގެން ޖަހަން ފަށައިފި އެވެ.

ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހައިދެމުން ދނީ ފައިޒާ ވެކްސިނެވެ. ހަ ތަނަކުން އެޕޮއިންމެންޓް ހައްދައިގެން ބޫސްޓާ ޑޯޒް ޖެހެ އެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި ސެނަހިޔާ އާއި ދަމަނަވެއްޓާއި ދަރުބާރުގެ އަދި ވިލިމާލެ ހޮސްޕިޓަލެވެ.

ބޫސްޓާ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓްމެންޓު ހެއްދޭނެ އިންތިޒާމު އެޗްޕީއޭ އިން ވަނީ ހަމަޖައްސާފަ އެވެ.

އެންމެ ފުރަތަމަ ބޫސްޓާ ޑޯޒް ޖަހައިދެމުން ދިޔައީ ވަކި ހާއްސަ ގްރޫޕްތަކަކަށެވެ. އެގޮތުން ބޮޑެތި ބަލިތައް ހުންނަ މީހުންނާއި، 50 އަހަރުން މަތީގެ މީހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ދޭން ވަނީ ކުރިން ފަށައިފަ އެވެ.

މިހާތަނަށް ރާއްޖެއިން 29،815 މީހުން ވަނީ ބޫސްޓާ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި އާބާދީގެ 80 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް