އަލީ ހައްޔަރު ކުރަން ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާއަކަށް އެދިފައެއް ނެތް: ކޯޓު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމުގެ އަމުރުގެ އިނގިރޭސި ތަރުޖަމާ ބޭނުންވާކަން ފުލުހުން އަންގާފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ. އެ ކޯޓުން މިހެން ބުނީ އިނގިރޭސިވިލާތުގައ...

15 Jan 2022 | 11:15

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމުގެ އަމުރުގެ އިނގިރޭސި ތަރުޖަމާ ބޭނުންވާކަން ފުލުހުން އަންގާފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

އެ ކޯޓުން މިހެން ބުނީ އިނގިރޭސިވިލާތުގައި ހުންނެވި އަލީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުން ލަސްވަނީ އޭނާ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާ ނުލިބިގެން ކަމަށް ފުލުހުން ބުނެފަވާތީ އެވެ. އޭނާ ހައްޔަރު ކުރުމުގެ އަމުރު ކޯޓުން ނެރުނީ މިދިޔަ އަހަރުގެ ނޮވެމްބަރު28ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ބުނީ އަލީ ވަހީދު ހައްޔަރުކުރަން ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާ އަކަށް އެދި ފުލުހުން މިއަދާ ހަމައަށްވެސް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަލީ ވަހީދުގެ ކޯތަށް ހާޒިރު ކުރުމުގެ އަމުރު ނެރުނީ ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރިއަތަށެވެ.

އެއީ އޭނާ މިނިސްޓަރުކަމުގައު ހުންނެވި އިރު މުވައްޒަފުންތަކަކަސް ޖިންސީ ގޯނާ ކުރި މައްސަލައިގަ ކޮށްފައިވާ ދައުވާތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް