އެންމެންނަށް ސާފުކޮށް ފެންނަ ކުށާއި ސަލާމަތީ މާހައުލަށް އަންނަމުންދާ ބޮޑެތި ބަދަލުތަކީ ގޮންޖެހުން ގިނަ ބަދަލުތަކެއް: ސީޕީ ހަމީދު

އެންމެންނަށް ސާފުކޮށް ފެންނަ ކުށާއި ސަލާމަތީ މާހައުލަށް އަންނަމުންދާ ބޮޑެތި ބަދަލުތަކީ ގޮންޖެހުން ގިނަ ބަދަލުތަކެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ގދ. ތިނަދޫގައި ތަރަ...

15 Jan 2022 | 10:52

އެންމެންނަށް ސާފުކޮށް ފެންނަ ކުށާއި ސަލާމަތީ މާހައުލަށް އަންނަމުންދާ ބޮޑެތި ބަދަލުތަކީ ގޮންޖެހުން ގިނަ ބަދަލުތަކެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ތިނަދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ޚިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރަޓިކް ވެއްޓަކަށް އެކަށޭނެ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުކުރުން ކަމަށެވެ.

އެގޮތުން ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ ފެންވަރުގެ މަރުކަޒުތައް ގާއިމުކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމުގައި ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު އެންމެންނަށް ސާފުކޮށް ފެންނަ ކުށާއި ސަލާމަތީ މާހައުލަށް އަންނަމުންދާ ބޮޑެތި ބަދަލުތަކީ ގޮންޖެހުން ގިނަ ބަދަލުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

" އެހެންކަމުން ސިނާއީ މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށާއި ވަކިން ޚާއްސަކޮށް ގދ. އަތޮޅުގެ ރައްޔިތުންނަށް ދެވެމުންދާ ރައްކާތެރިކަމާއި ފުލުހުންގެ ޚިދުމަތައް އިތުރަށް ފުޅާކުރަންޖެހޭ. އެޅިގެންދިޔަ ބިންގަލަކީ އެކަންކަން ފުރިހަމަކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް." ސީޕީ ވިދާޅުވިއެވެ.

މީގެއިތުރުން މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށްމަދުކޮށް ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން އެކުގައި މަސައްކަތްކޮށްދެއްވުމަށް ވެސް ސީޕީ ހަމީދު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް