މާސްކު އަޅައިގެން ކޮށްލާފައިވާ މޭކަޕަކުން ދިޝާއަށް ސަމާލުކަން!

ބޮލީވުޑްގެ ބަތަލާ ދިޝާ ޕަޓާނީ އަކީ މީހުންގެ ސަމާލުކަން ހޯދުމުގައި މާ ބުރަ މަސައްކަތެއް ނުކޮށް އޭނާގެ ސާދާ ކަންމަތީ އާންމުކޮށް ކޮށްލާ ކަމަކުން ގިނަ ބައެއްގެ ނަޒަރު ހުއްޓޭ މީހެކެވެ. ފިލްމު ކުޅުމުގެ އިތު...

15 Jan 2022 | 10:24

ބޮލީވުޑްގެ ބަތަލާ ދިޝާ ޕަޓާނީ އަކީ މީހުންގެ ސަމާލުކަން ހޯދުމުގައި މާ ބުރަ މަސައްކަތެއް ނުކޮށް އޭނާގެ ސާދާ ކަންމަތީ އާންމުކޮށް ކޮށްލާ ކަމަކުން ގިނަ ބައެއްގެ ނަޒަރު ހުއްޓޭ މީހެކެވެ.

ފިލްމު ކުޅުމުގެ އިތުރުން އޭނާ އެންމެ މަޝްހޫރީ ތަފާތު ބިކިނީ ލުމާއި ރާއްޖޭގައި މާގިނައިން ޗުއްޓީ ހޭދަ ކުރުމުގެ އިތުރުން ހަށިގަނޑުގެ ބައްޓަށް ރީތިކޮށް ބެހެއްޓުމަށް ކުރާ ކަސްރަތުތަކުންނެވެ.

އެފަދަ ކަންކަމުގައި ދިޝާ ދަނީ އޭނާގެ ހުނަރާއި ރީތި ހަށިގަނޑު ސަޕޯޓަރުންނަށް ދެއްކުމުގައި ކުރި ހޯދަމުންނެވެ. އެކަންކަމާއި ތަފާތު ކަމެއްގެ ގޮތުގައި މިފަހަރު ކުރީ މޭކަޕު ކޮށްލުމެވެ.

އަބަދުވެސް މޫނާއި ގުޅޭ ރީތި މޭކަޕެއްގައި އާންމުންނަށް ފެންނަ ދިޝާ މިފަހަރު ދައްކާލީ މާސްކު އެޅިޔަސް އޭނާގެ ރީތި ކަމެވެ. އޭނާ ވަނީ މާސްކު އަޅައިގެން ނަގާފައިވާ ފޮޓޯގައި ލޮލުގައި ކޮށްފައިވާ މޭކަޕުގެ ރީތިކަން ދައްކާލާފަ އެވެ.

https://www.instagram.com/p/CYOYDIsgNva/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް