އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް އަޅަން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ބޫސްޓަރ ޑޯޒް: ރައީސް ސޯލިހު

މިހާރު ފެތުރެމުން އަންނަ ކޯވިޑްގެ އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް އަޅަން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ބޫސްޓަރ ޑޯޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކު...

15 Jan 2022 | 10:15

މިހާރު ފެތުރެމުން އަންނަ ކޯވިޑްގެ އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް އަޅަން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ބޫސްޓަރ ޑޯޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޢާންމުކޮށް ހުލުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަން ފެށުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ގެ ޓްވީޓުގައި ވަނީ ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށް ހަ މަސް ފުރިހަމަވެފައިވާ ފަރާތްތަކުން އަވަހަށް ބޫސްޓަރ ޑޯޒް ޖެހުމަށް ވެސް ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.

https://twitter.com/ibusolih/status/1482244416161079296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1482244416161079296%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F78805

މީގެކުރިން ބޫސްޓަރ ޑޯޒް ޖަހަމުން ގެންދިޔައީ ޚާއްސަ ކެޓަގަރީތަކަށް ނިސްބަތްވާ މީހުންނަށެވެ. އެގޮތުން ކޮވިޑު ހާލަތުގައި އިސް ސަފުގައި ޙަރަކާތްތެރިވާ މީހުންނަށާއި ބައްޔަކާ ގުޅިގެން ނުވަތަ ގުނަވަން ބަދަލުކުރުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ވަނީ އިސްކަންދީފައެވެ.

އެހެންނަމަވެސް، އެޗްޕީއޭއިން ބޫސްޓަރ ޑޯޒް ޖެހުމަށް ޢާއްމުނަށް ހުޅުވާލާފައި މިވަނީ އެވްރެޖްކޮށް ދުވާލަކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 1000އާ ގާތްވުމުގެ ސަބަބުންނެވެ.

ވެކްސިންޖެހުމަށް http://Book.hpa.gov.mvމެދުވެރިކޮށް ރަޖިސްޓަރވާން ޖެހެއެވެ.

ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ދަރުބާރުގެއިންނެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހަންޖެހޭ އާބާދީއަށް ނިސްބަތްވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް