އެއްވެސް ރަށަކުން މިސަރުކާރަށް ތާއީދެއް ނެތް: ރައީސް ޔާމީން

ރާއްޖޭގެ އެއްވެސް ރަށަކުން މިސަރުކާރަށް ތާއީދެއް ނެތްކަމަށް އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ...

15 Jan 2022 | 08:16

ރާއްޖޭގެ އެއްވެސް ރަށަކުން މިސަރުކާރަށް ތާއީދެއް ނެތްކަމަށް އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފުނަދޫގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ފުނަދޫއަށް ވަޑައިގަތުމަށް ގޮން ޖައްސަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އިންޓެލިޖަންސް މައުލުމާތު ވެސް އިންޑިއާ ސިފައިން ދިން ގޮތަކަށް ބުނި ގޮތަކަށް މި ސަރުކާރުން ޤަބޫލުކޮށްގެން ތިބޭކަމަށް ތުހުމަތުކުރައްވާ އިންޑިއާއަށް ރާއްޖެއިން އެއްވެސް ޖާގައެއް ނެތްކަން ތަކުރާރުކޮށް ވިދާޅުވެފައެވެ.

" 2018ގެ ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ފަހަތުގައި ވެސް ތިބީ އިންޑިއާ. އެ އަމުރު ތަންފީޒް ނުކޮށްގެން އިންޑިއާއިން ނުފޫޒް ފޮރުވާއިރު މިއީ އިންޑިއާގެ އަވަށެއް ނޫން. ދާޚިލީ ކަންކަމާއި ޚާރިޖީ ކަންކަމަކީ އެ ޤައުމެއްގެ އަމިއްލަ ނިންމުން. މިއީ ރައްޔިތުން ނިންމާ ގޮތަށް ކުރިއަށްދާންޖެހޭ ކަންކަން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ފުނަދޫއަށް ވަޑައިގެންނެވީ އެ އަތޮޅު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމް އިން ވާދަކުރާ މޫސާ ފަޠުހީ އާދަމްގެ ކެމްޕެއިނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް