ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މަބްރޫކް މީޑިއާއަށް ފޮނުއްވި މެސެއްގައި ވިދާޅުވީ އޭނާއަށް ކޯވިޑް ޖެހުނުތާ ކުޑަދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. ބަލިވެ އުޅުއްވާތީ މިދުވަސްކޮޅު ހުންނެވީ މެޑިކަލް ލީވްގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބުރޫކަށް ކޯވިޑް ޖެހިފައި މިވަނީ ރާއްޖޭގައި ކޯވިޑްގެ އޮމިކްރޯން ވޭރިއަންޓު ފެތުރި ޕޮސިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.
އެކަމައި ގުޅިގެން ހެލްތް މިނިސްޓްރީން ދަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންނެވެ.
އެޗްޕީއޭއިން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ރާއްޖެއިން967 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އޭގެ ތެރެއިން475 މީހުންނަށް މާލެއިން ބަލި ޖެހުނު އިރު އަތޮޅުތެރެއިން290 މީހުންނަށް ބަލި ޖެހިފައިވެ އެވެ.
މިވަގުތު ކޯވިޑް ޖެހިގެން5،881 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް