އެއްވެސް މުސްލިމަކު އެއްވެސް ޝަރުޢީ އުޒުރަކާއި ނުލައި ހުކުރު ނޭޅުމަށާއި އެއީ ހިތުގައި ސިއްކަ ޖެއްސޭ ކަމެއް ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ ޝައިޚްގެ ފޭސްބުކް އެކައުންޓުން މެދުވެރިކޮށް މިއަދު އާންމު ކުރި ސްޓޭޓަސްއެއްގައެވެ. މި ސްޓޭޓަސްގައި ޝައިޚް އިތުރަށް ވިދާޅުވެފައިވަނީ ހުކުރަށް ވަޑައިގަންނަވާ ފަރާތްތަކުން ޤިބުލައަށް ނޫން ގޮތަކަށް މީހަކު މުޞައްލަ އަޅައިގެން ހުރިތަން ފެނިއްޖެ ނަމަ އެކަން އިސްލާޙު ކޮށް ޤިބުލައަށް ވާގޮތަށް މުޞައްލަ އެޅުމަށް ވިދާޅުވެލެއްވުމަށެވެ.
ޝައިޚް މިހެން ވިދާޅުވި އިރު، ފަހަކައް އައިސް ހުކުރަށް ގޮސް މިސްކިތުން ބޭރުގައި ސަފުތައް ހަދާއިރު، މިފަދަ މައްސަލަތައް މަދުން ނަމަވެސް ފެންމަތި ވަމުން ދެއެވެ. އެހެން ކަމުން ޝައިޚްވެސް ވިދާޅުވި ގޮތައް މިފަދަ ކަންކަން އިސްލާޙު ކޮށްލުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވަރަށް ބޮޑަށް ސަމާލުވެ އެކަމަށް އިސްކަމެއް ދޭން ޖެހޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް