ކޮވިޑް-19: ލ.ފޮނަދޫ އާއި ލ.ގަމުން ނެގި ހުރިހާ ރެންޑަމް ސުންކު ތަކެއްވެސް ނައްސި

ގއ. ދެއްވަދޫ ކްލަސްޓާއާއި ގުޅުން ހުރި ހަތަރު މީހަކު ލ.ފޮނަދޫން ފައްސިވުމާއި ގުޅިގެން މޮނީޓަރިންގެ ހާލަތައް ގެނެވިފައިވާ ލ. ފޮނަދޫއާއި އެ އަތޮޅު ގަމުން ނެގި ހުރިހާ  ރޭންޑަމް ސުންކުތަކެއް ވެސް ނައްސި ވެ...

15 Jan 2021 | 06:27

ގއ. ދެއްވަދޫ ކްލަސްޓާއާއި ގުޅުން ހުރި ހަތަރު މީހަކު ލ.ފޮނަދޫން ފައްސިވުމާއި ގުޅިގެން މޮނީޓަރިންގެ ހާލަތައް ގެނެވިފައިވާ ލ. ފޮނަދޫއާއި އެ އަތޮޅު ގަމުން ނެގި ހުރިހާ  ރޭންޑަމް ސުންކުތަކެއް ވެސް ނައްސި ވެއްޖެ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި މިމަހުގެ 12 ވަނަ ދުވަހު ލ. ގަމުން 263 ރޭންޑަމް ސާމްޕަލް އަދި ފޮނަދޫން 125 ރޭންޑަމް ސާމްޕަލް ނަގާފައިވެއެވެ. އަދި މިހުރިހާ ސާމްޕަލެއް ވެސް ނައްސި ކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.

ގއ. ދެއްވަދޫ ކްލަސްޓާއާއި ގުޅުން ހުރި ހަތަރު މީހަކު ލ.ފޮނަދޫން ފައްސިވެ އެރަށާއި ގަން މިނިޓަރިންގެ ހާލަތައް ގެނައީ މި މަހުގެ 9 ވަނަ ދުވަހު ހަވީރުއެވެ.

އިތުރު ތަފްޞީލް އަންނަނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް