މިދިޔަ އަހަރުގެ މެދުތެރޭގައި އެއްގަޑީރާ ތިރީސް މިނިޓްގެ ޕްލޭންކެއް ހަދައި އެންމެން ހައިރާން ކޮށްލި ދިވެހި ކުޑަކުއްޖެއްގެ ވާހަކަ ހަނދާން އެބަހުރި ހެއްޔެވެ.
އުމުރުން އެންމެ އަށް އަހަރުގެ އިސްމާއިލް މުލްހަމް އާޒިމް ވަނީ މިދިޔަ އަހަރު ޕްލޭންކު ހަދައިގެން އެންމެން ހައިރާންކޮށްލާފައި އެވެ. މިފަހަރު އޭނާ ހަދާފައިވަނީ ދެ ގަޑިއިރުގެ ޕްލޭންކެކެވެ.
ގޭގައި މުލްހަމް ޕްލޭންކް ހަދަނީ އާއިލާގެ އެއްބާރުލުމާއި އެކު ފޯރިއާ ޖޯށުގައި އެވެ. ހިތްވަރުދޭން އާއިލާގެ ހުރިހާ ކުޑަކުދިން ވަށައިގެން ތިބެ އެވެ. އުމުރުން އެންމެ އަށް އަހަރުގެ ކުއްޖަކަށް ދެ ގަޑިއިރު ވަންދެން ޕްލޭންކް ހެދޭނީ ވަރަށް ހިތްވަރުގަދަ ވީމައެވެ.
މޯލްޑިވްސް އޮލިންޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު މަރުޒޫގުވެސް ވަނީ މިކަން ފާހަގަ ކުރައްވާފައެވެ. މުލްހަމްގެ މަސައްކަތް ފާހަކޮށް ހިތްވަރުދެމުން މަރުޒޫކު ކުރެއްވި ޓުވީޓެއްގައި ވަނީ މުލްހަމް މަތިން އެންމެން ހަނދާން ހުރިތޯ ސުވާލުކޮށް މުލްހަމް އަކީ އެހެން ޕްލެނެޓަކުން އައި ކުއްޖެއް ކަމަށް މަޖާކޮށްލުުގެ ގޮތުން ވިދާޅުވެފައި އެވެ.
https://twitter.com/AhmedMarzooq/status/1349729698536845313
ކުޑަކުއްޖަކު މިހާތަނަށް އެންމެ ގިނައިރު ވަންދެން ޕްލޭންކް ހަދާފައިވަނީ، އެއް ގަޑިއިރާ 20 މިނިޓް ވަންދެނެވެ. އެއީ 16 އަހަރުގެ އަންހެން ކުއްޖެކެވެ. ޕްލޭންގައި ދުނިޔޭގެ ރެކޯޑަކީ އަށް ގަޑިއިރާއި 15 މިނިޓެވެ. މުލްހަމްގެ އެންމެ ބޮޑު ހުވަފެނަކީ އެ ރެކޯޑު މުގުރާލުމެވެ.
މުލްހަމް އެންމެ ފުރަމަ އެއްގަޑިއިރާއި 30 މިނެޓުގެ ޕްލޭންކް ނިންމީ މިދިޔަ އަހަރުގެ ޖުލައި 29 ވަނަ ދުވަހު އެވެ.
https://twitter.com/AhmedMarzooq/status/1288535024912838657
އާއްމުކޮށް ގިނައިރު ވަންދެން ޕްލޭންކް ހެދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން މި ކުޑަކުއްޖާގެ އާދަޔާ ޚިޔާފު ހުނަރުން ގިނަބަޔަކަށް ހައިރާންކަން ގެނުވިއެވެ. ކުރިއަށް އޮތް ތަނުގައި މުލްހަމް ދުނިޔޭގެ ކުޑަކުދިންގެ ޕްލޭންކް ރެކޯޑް މުގުރާލާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް