އައްޑޫސިޓީ ކައުންސިލުން މިއަހަރަށް ލަފާ ކުރާ ބަޖެޓު ފާސްކޮށްފި އެވެ.
މި ބަޖެޓްގެ ޖުމުލަ އަކީ 136,554,544.00 ރުފިޔާއެވެ.
މިއަހަރަށް ކަނޑައެޅި ބަޖެޓުގެ ތެރެއިން މުހިންމު ދެ ކަމެއް ކުރަން ނިންމާފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މުވައްޒަފުންނަށް ދެމުން ގެންދާ "ސްޕެޝަލް ޑިއުޓީ އެލަވަންސް" ގެ ބަދަލުގައި އިތުރުގަޑީގެ ފައިސާ ދޭގޮތަށް ހަމަޖެއްސުމެވެ. ދެން ހިމެނެނީ ދައުލަތުން ދޫކުރާ ގްރާންޓްގެ ގޮތުގައި މަހަކު އެއްފަހަރު ކައުންސިލަށް ލިބޭ ޢަަދަދުގެ ފަސް ޕަސެންޓު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓްގެ ގޮތުގައި ކައުންސިލްގެ "ޚަރަދު 2" އެކައުންޓަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.
އައްޑޫސިޓީ ކައުންސިލުން ބުނީ މިއަހަރަށް ލަފާ ކރުާ ބަޖެޓު ކަނޑައަޅައި ފާސްކުރީ ލާމަރުކަޒީ ގާނޫނުގެ 96 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ކަމަށެވެ. އަދި މިއީ ތިލަފަތަށް ހަމަ ބަޖެޓެއް ކަމަށާއި އައްޑޫސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑްވެސް މީގައި މިހެނޭނެ ކަމަށެވެ.
މި ބަޖެޓްގައި ޙަރަކާތްތައް ކަނޑައެޅިފައި ނުވާ ކަންކަމަށް ހަރަދުކުރުމަށްޓަކައި، އެ ހަރަކާތް ހިންގުމުގެ ހުއްދައަށް އެދި ކައުންސިލަށް އެދިގެން، ކައުންސިލްގެ ނިންމުމާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް