އަދުރޭ ފުޓްސަލް ޗެލެންޖް 2017ގެ ނަމުގައި ލ އަތޮޅަށް ހުޅުވާލައިގެން ބޮޑު މުބާރާތެއް އިއުލާނު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ، އަބްދުއްރަހީމް ފައުންޑޭޝަނުން "އަދުރޭ ފުޓްސަލް ޗެލެންޖް 2017" ގެ ނަމުގައި މުޅި ލ އަތޮޅަށް ހުޅުވާލައިގެން ބޮޑު ފުޓްސަލް މުބާރާ...

15 Jan 2017 | 11:07

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲގެ، އަބްދުއްރަހީމް ފައުންޑޭޝަނުން "އަދުރޭ ފުޓްސަލް ޗެލެންޖް 2017" ގެ ނަމުގައި މުޅި ލ އަތޮޅަށް ހުޅުވާލައިގެން ބޮޑު ފުޓްސަލް މުބާރާތެއް އިއުލާނު ކޮށްފި އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 15 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ހުށަހަޅާފައި ވެ އެވެ. އަދި މުބާރާތުގެ ތިންވަނަ ޓީމަށް ހަތް ހާސް ފަސްސަތޭކަ ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި މެޑަލް ހުށަހަޅާފައިވާއިރު މުބާރާތުގެ ފެއަރޕްލޭ ޓީމަށް ތިންހާސް ފަސްސަތޭކަ ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހުށަހަޅާފައި ވެ އެވެ. މީގެ އިތުރުން މުބާރާތުގެ އެއްމެ މޮޅު ފަސް ކުޅުންތެރިންނަށާއި މުބާރާތުގެ އެއްމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާއަށާއި ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗަށް ޓްރޮފީ ހުށަހަޅާފައި ވެ އެވެ.

އެ ފައުންޑޭޝަނުން މައުލޫމާތުދޭގޮތުގައި މި މުބާރާތަކީ އަބްދުއްރަހީމް ފައުންޑޭޝަންގެ ފަރާތުން ލ އަތޮޅަށް އަމާޒުކޮށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ. މި މުބރާތުގެ އެއްމެހާ އިންތިޒާމުތައް ހަމަޖައްސާނީ އެ ފައުންޑޭޝަނުންނާއި ލ ފޮނަދޫ ޒުވާނުންގެ ރޫހު ޖަމިއްޔާއިން ކަމުގައި އެ ފައުންޑޭޝަނުން ހާމަކުރެ އެވެ.

"މި މުބާރާތުގެ މަގްސަދަކީ، ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އަތޮޅު ފެންވަރުގައި ކުޅިވަރު ފަންނާއި ރޫހް އާލާކޮށް ދިރުވައި ފެތުރުމަށް މަސައްކަތް ކުރުން އަދި އަތޮޅުން މޮޅު ކުޅުންތެރިން އުފެއްދުމާއި އިޖްތިމާއީ ރޫހު އާލާކޮށް ދިރުވުން" މި މުބާރާތާއި ބެހޭގޮތުން އަބްދުއްރަހީމް ފައުންޑޭޝަނުން ހާމަކުރެ އެވެ.

މި މުބާރާތަކީ ލ އަތޮޅުގެ ކުލަބް ޖަމްއިއްޔާތަކާއި ޖަމާއަތްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށާއި މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމު ފުރުމަށްފަހު ލ ފޮނަދޫ ޒުވާނުންގެ ރޫހުގެ އިދާރާއަށް ހުށަހެޅުމުން ކަމުގައި އެ ފައުންޑޭޝަނުން ހާމަކުރެ އެވެ. އަދި މުބާރާތުގެ ހިންގާ ކޮމެޓީ އާއި ޑިސިޕްލިނަރީ ކޮމިޓީ އަދި ޓެކްނިކަލް ކޮމިޓީ އައްޔަންކުރާނީ އަބްދުއްރަހީމް ފައުންޑޭޝަނާއި ފޮނަދޫ ޒުވާނުންގެ ރޫހް ގުޅިގެން ކަމުގައިވެސް އަބްދުއްރަހީމް ފައުންޑޭޝަނުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް