ވ.ފެލިދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޝެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެރޭ ވ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ވަނީ ރަނގަޅުގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިންގެ ދައުރާއި ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ސަމާލުކަން ދޭންވީ ކަންކަމާއި މައިންބަފައިންގެ ޒިންމާތަކާއި ގުޅޭގޮތުން ކަމަށެވެ.
ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވި މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ވ. އަތޮޅު ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޙަސަން އަލިފުޅު ކަމަށާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ އެރަށްރަށުގެ ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ޒުވާނުންގެ އިތުރުން ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން ސިލްސިލާކޮށް ޕްރޮގްރާމްތައް ހިންގަމުން ކަމުގައި ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް