ތިނަދޫގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ ރޭ ހިނގި މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ  23:00 ހާއިރުެއެވެ. މި އެކްސިޑެންޓް...

15 Jan 2017 | 04:01

ގދ. ތިނަދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ރޭ ހިނގި މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ  23:00 ހާއިރުެއެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 26 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ގދ. ތިނަދޫ ދޮށިމޭނާ މަގުން އިރުން ހުޅަނގަށް ދުއްވާފައި އައި ސައިކަލަކާއި ގުލްހަޒާރު މަގު ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެން ކަމަށާއި އެކްސިޑެންޓް އަނިޔާވި 26 އަހަރުގެ މީހާގެ ފަޔަށާއި ބޮލަށް އަނިޔާވެފައިވާއިރު އޭނާއަށް ޑރ. ޢަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމުގައި ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް