އެޕަލް އެއަރޕޮޑްގެ ވީޑިއޯ އިސްތިހާރު ދުށިންތަ!؟ މިއޮތީ – ވަރަށް ތަފާތު !

އެޕަލްއިން އެ ކުންފުނީގެ ވަޔަރލެސް ހެޑްފޯން "އެއަރޕޮޑް" ތައާރަފް ކުރީ އެޕަލް އައިފޯނު 7 އާއި އެކުގަ އެވެ. ނަމަވެސް އެއަރ ޕޮޑްގެ ވީޑިއޯ އިސްތިހާރު އާއްމުކޮށް ޓީވީތަކުން ދައްކަން ފަށާފައިވަނީ އިއްޔެ އިނ...

15 Jan 2017 | 03:48

އެޕަލްއިން އެ ކުންފުނީގެ ވަޔަރލެސް ހެޑްފޯން "އެއަރޕޮޑް" ތައާރަފް ކުރީ އެޕަލް އައިފޯނު 7 އާއި އެކުގަ އެވެ. ނަމަވެސް އެއަރ ޕޮޑްގެ ވީޑިއޯ އިސްތިހާރު އާއްމުކޮށް ޓީވީތަކުން ދައްކަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ.

މަތީގައިއެވާ މި ވީޑިއޯއިން ފެންނަ ތަރިއަކީ އެމެރިކާގެ މަޝްހޫރު ނެށުންތެރިއްކަމުގައިވާ ލިލް ބަކް އެވެ. އިސްތިހާރުގައި އޭނާ އެއަރޕޮޑްގެ ކޭސް ހުޅުވާލާއިރަށް އައިފޯނުން އެކަން ދެނެގަނެ އެވެ. އަދި އެއަރޕޮޑް ކަންފަތަށް ޖެހުމަށްފަހު މިއުޒިކް އަޑުއަހަމުން ނަށަމުން ނަށަމުންގޮސް އެއް ކަންފަތުން އެއަރޕޮޑް އުފުރާލާއިރަށް މިއުޒިކް ޕޯސް ވެ އެވެ.

ވީޑިއޯއިން ދައްކައިދެނީ އެއަރޕޮޑްގެ ފްލެކްސިބަލް ކަމާއި ބައެއް ކީ ފީޗަރ ތަކެވެ. ނަމަވެސް  މި ވީޑިއޯއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެޕަލް އެއަރޕޮޑެކޭ އާދައިގެ ބްލޫޓޫތު ހެޑްފޯނެކޭ ވަކި ތަފާތެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް