ފްލައިޓް ތެރޭގައި ދެ ޕަސިންޖަރަކު ތަޅަން ފެށުމުން އެމަޖެންސީގައި ފްލައިޓް ލޭންޑް ކޮށްފި !

މިދީ މިދިޔަ ބުރާސްފަތި ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އެއާޕޯޓުން ނައްޓައިލި ފްލައިޓެއްގައި ހިނގާ ދިޔަ ހާދިސާ އެކެވެ. މި ހާދިސާގެ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާއިރު މަތީގައި އެވާ އެ ވީޑިއޯ...

15 Jan 2017 | 03:39

މިދީ މިދިޔަ ބުރާސްފަތި ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އެއާޕޯޓުން ނައްޓައިލި ފްލައިޓެއްގައި ހިނގާ ދިޔަ ހާދިސާ އެކެވެ.

މި ހާދިސާގެ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވާއިރު މަތީގައި އެވާ އެ ވީޑިއޯއިން ފެންނަނީ ދެމީހެއްގެ ދެމެދުގައި ތަޅާފޮޅުމެއް ކުރިއަށްދާ މަންޒަރެވެ.

ލުބުނާނުގެ ބައެއް ނޫސްތަކުގައިވާގޮތުން ފްލައިޓް ތެރޭގައި އެ ދެމީހުންގެ މެދުގައި ތަޅާފޮޅުން ހިނގަން މެދުވެރިވީ އެތަނުން އެއް ޕަސިންޖަރަކާއި މެދު ފްލައިޓް އެޓެންޑެންޓަކު އަމަލުކުރި ގޮތް ކަމުނުގޮސް ޝަކުވާ ކުރުމުން އެހެން ޕަސިންޖަރަކު އެ އެޓެންޑެންޓްގެ ދިފާއުގައި ޒުވާބު ކުރަން ފެށުމުންނެވެ.

އެ ދެމީހުންގެ މެދުގައި ހިނގި ތަޅާފޮޅުމާއި ގުޅިގެން އެމަޖެންސީގައި ފްލައިޓް އަނބުރާ ޖެއްސުމަށްފަހު ފްލައިޓްގެ ދަތުރު އަލުން ކުރިއަށްގެންދިޔައީ އެ ދެމީހުން ފުލުހުންނާއި ހަވާލުކުރުމަށްފަހުގައި ކަމުގައިވެސް ލުބުނާނުގެ ބައެއް ނޫސްތަކުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް