އަމިއްލައަށް މަރުވާން ރޭލެއް ކުރިމަތީގައި އޮށޯތް މީހަކު ތަފާތު ގޮތަކަށް ސަލާމަތް ވެއްޖެ !

މިއީ ނިމިދިޔަ ހަފްތާގައި ތައިލެންޑްގައި ހިނގައިދިޔަ ހާދިސާ އެކެވެ. މަތީގައިވާ ވީޑިއޯއިން އެ ފެންނަނީ މީހަކު އަމިއްލައަށް މަރުވުމުގެ ނިޔަތުގައި ކުއްލި އަކަށް ރޭލެއްގެ ކުރިމަތީގައި އޮށޯންނަ މަންޒަރެވެ. ...

15 Jan 2017 | 03:36

މިއީ ނިމިދިޔަ ހަފްތާގައި ތައިލެންޑްގައި ހިނގައިދިޔަ ހާދިސާ އެކެވެ. މަތީގައިވާ ވީޑިއޯއިން އެ ފެންނަނީ މީހަކު އަމިއްލައަށް މަރުވުމުގެ ނިޔަތުގައި ކުއްލި އަކަށް ރޭލެއްގެ ކުރިމަތީގައި އޮށޯންނަ މަންޒަރެވެ. ނަމަވެސް ތަގުދީރު ނިޔާ ކުރިގޮތުން އޭނާ ސަލާމަތް ވީ އެވެ.

މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ވީޑިއޯއަށް ބަލައިލުމުން ހީވަނީ ރޭލު އޭނާގެ ގައިމައްޗަށް އަރައި އޭނާ ދެބުރި ވާހެންނެވެ. ނަމަވެސް މީހުން ފޭބުމަށް އިސްޓޭޝަންގައި ރޭލު މަޑުކޮށްލުމާއެކު އެ މީހާ ދުވެފައި ދާ މަންޒަރު ފެނެ އެވެ.

މި ކަން ރިޕޯޓްކުރުމުން ކުއްލި ހާލަތުގައި ފަރުވާ ދޭ މީހުން އެހާދިސާ ހިނގި ސަރަހައްދަށް ދިޔަ ނަމަވެސް އޭނާ ފެނިފައެއް ނުވެ އެވެ. ފުލުހުން ކުރި މަސައްކަތުން ފަހުން އޭނާ ފެނިފައިވަނީ މަގެއްގެ މަތީގައި އިށީނދެ އިންދަ އެވެ. އޭނާގެ ގައިގެ ބައެއް ތަންތާނގައި ހަން މެށުން ފިޔަވައި މާ ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ތައިލެންޑް ނޫހެއްގައި ވެ އެވެ.

އެ ނޫހުގައިވާގޮތުން އެ ޒުވާނާގެ ނަމަކީ ވިރާޗީ ނިސައިރަމް އެވެ. އޭނާގެ އުމުރަކީ 23 އަހަރެވެ. އާއްމުންގެ ބައެއް ފަރާތްތަކާއި ހަވާލާދީ އެ ނޫހުގައި ވާގޮތުން އެ ޒުވާނާ މި ފަހަކަށް އައިސް ހޭލަމޭލައަށް މަގުމަތީގައި ހޫރޭ މަންޒަރު ގިނަގިނައިން ފެނެ އެވެ. އަދި އަމިއްލަ ނަފްސަށް ހަމަލާދޭން ކުރީންވެސް މަސައްކަތްކޮށްފައިވާކަމުގައިވެސް އާއްމުންނާއި ހަވާލާދީ އެ ނޫހުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް