ނިމިދިޔަ އަހަރު އެއްމެ ގިނަ މީހުން ބޭނުންކުރި ޕާސްވޯޑަކީ 123456

ކޮންމެ އަހަރެއް ނިމި އައު އަހަރެއް ފެށިގެން ކުރިއަށްދާއިރު މިއީ މި ފަހަކަށް އައިސް އާއްމު ކުރަމުން އަންނަ މައުލޫމާތެކެވެ. މި މައުލޫމާތު އާއްމު ކުރަމުން އަންނަނީ "ދަ ކީޕަރ" ކިޔާ ޓީމަކުންނެވެ. މި ޓީމުން...

15 Jan 2017 | 02:54

ކޮންމެ އަހަރެއް ނިމި އައު އަހަރެއް ފެށިގެން ކުރިއަށްދާއިރު މިއީ މި ފަހަކަށް އައިސް އާއްމު ކުރަމުން އަންނަ މައުލޫމާތެކެވެ. މި މައުލޫމާތު އާއްމު ކުރަމުން އަންނަނީ "ދަ ކީޕަރ" ކިޔާ ޓީމަކުންނެވެ. މި ޓީމުން މި މައުލޫމާތު އާއްމު ކުރަނީ އެ އަހަރެއްގެ ތެރޭގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެކް ކޮށް އެކި ފަރާތްތަކުން އާއްމުކުރާ ޑާޓާ ތައް އެނަލައިޒް ކުރުމަށް ފަހުގަ އެވެ. އެ ޓީމުން އާއްމުކުރާ ލިސްޓަކީ ނިމިދިޔަ އަހަރުގެ އެއްމެ އާއްމު ޕާސްވޯޑް ލިސްޓެވެ.

ނިމިދިޔަ 2016 ވަނަ އަހަރުގެ އެއްމެ އާއްމު ޕާސްވޯޑްތަކުގެ ލިސްޓް އެ ޓީމުން މިހާރު އާއްމުކޮށްފައިވާއިރު އެއްމެ އާއްމު ޕާސްވޯޑަކީ 123456 އެވެ. ދެވަނައަށް އެއްމެ އާއްމު ޕާސްވޯޑަކީ 123456789 އެވެ. ތިންވަނަ އަށް އެއްމެ އާއްމު ޕާސްވޯޑަކީ qwerty  އެވެ. އެ އަކުރުތަކަކީ ކީބޯޑްގެ އެއްމެ މަތީ ފިތްބަރީގެ ވައަތް ފަރާތުގެ އެއްމެ ފުރަތަމަ ފަސް ފިތެވެ. ހަތަރުވަނައިގާ 12345678 ހިމެނޭއިރު ފަސްވަނައިގާ ހިމެނެނީ 111111 އެވެ. Password   މި ބަސް މި އަހަރުގެ އެއްމެ އާއްމު ޕާސްވޯޑް ލިސްޓްގައި ހިމެނެ އެވެ. މި ބަސް ހިމެނިފައިވަނީ އެ ލިސްޓްގެ އަށް ވަނައިގަ އެވެ.

ކޮންމެ އަހަރަކުވެސް އެ ޓީމުން މި ޑާޓާތައް އިއުލާނު ކުރުމަށްފަހު އޮންލައިން ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ޕާސްވޯޑްތައް ވަރުގަދަ ކުރުމަށް އިލްތިމާސް ކުރެ އެވެ. އެހެންނަމަވެސް އާއްމުންގެ އާއްމުގޮތެއްގައި ބޭނުންކުރަމުން އަންނަ ޕާސްވޯޑްތަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް