އެމެރިކާގައި ސައުދީ ޒުވާނަކަށް ހަމަލާ ދީފި – މިއީ މިފަދަ ދެވަނަ ހަމަލާ

އެމެރިކާގައި ތައުލީމް ހާސިލް ކުރަމުންދިޔަ ސައުދީ ޒުވާނަކަށް ބަޔަކު ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. އެމެރިކާގެ ކެންޓަކީގައި ބަޔަކު ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މުހައްމަދު ޒައިދު އަލް ފަދީލް ނަމަކަށް ...

15 Jan 2017 | 02:46

އެމެރިކާގައި ތައުލީމް ހާސިލް ކުރަމުންދިޔަ ސައުދީ ޒުވާނަކަށް ބަޔަކު ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

އެމެރިކާގެ ކެންޓަކީގައި ބަޔަކު ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މުހައްމަދު ޒައިދު އަލް ފަދީލް ނަމަކަށް ކިޔާ ޒުވާނަކަށެވެ. އޭނާއަށް ބަޔަކު ހަމަލާ ދިނީ ކާރުގައި ދުއްވާފައި ދަނިކޮށެވެ.

މިއީ މި ފަހަކަށް އައިސް ސައުދީ ޒުވާނަކަށް އެމެރިކާގައި ހަމަލާދިން ދެވަނަ ފަހަރު ކަމަށްވާއިރު މީގެ މަސްތަކެއް ކުރިން އެމެރިކާގައި ސައުދީ ޒުވާނަކަށް ހަމަލާދީ ވަނީ މަރާލާފަ އެވެ.

މި ހަމަލާގައި ޒަހަމްވި ފަދީލް އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ބައްޕަ ޑރ. ޒައިދު ބުނެފައިވަނީ އޭނާގެ ދަރިއަށް ބަޔަކު ހަމަލާ ދީފައިވަނީ ދަނޑިބުރިތަކެއް ނުވަތަ ދަގަނޑު ބުރިތަކެއް ބޭނުންކޮށްގެން ކަމުގައި ބެލެވޭ ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން ފަދީލްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު ސާޖަރީއަކަށްފަހު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމުގައިވެސް ޒައިދު ވަނީ ބުނެފަ އެވެ.

ފަދީލްގެ ބައްޕަ ބުނެފައިވަނީ މި ހަމަލާއަކީ އެމެރިކާގައި މުސްލިމުންނާއި ދެކޮޅަށް އުފެދެމުން އަންނަ ނަފްރަތުގެ ކޮޅިގަނޑުގެ ތެރެއިން ދެވުނު ހަމަލާއެއް ކަމުގައި ގަބޫލު ކުރެވޭ ކަމަށާއި މިހެން މިކަން ވާން ދިމާވަނީ އަލަށް އިންތިހާބު ކުރެވުނު ޑޮނާލްޑް ޓްރަމްޕް، މިފަދަ ކަންކަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް