ޓެރަރިސްޓް ހަމަލާދިން މީހާ ފިލައިގެން ދިޔައީ އަންހެނުންނާއި އަންހެންދަރި ދޫކޮށް ފިރިހެން ދަރި ގޮވައިގެން !

އައު އަހަރު ފާހަގަކުރުމަށް ތުރުކީގެ ނައިޓް ކްލަބެއްގައި ކުރިއަށްދިޔަ ޕާޓީއަކަށް ހަމަލާދީ 39 މީހަކު މަރާލާފައިވާއިރު އެ ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހޯދަމުން އަންނަ ޒުވާނާ ފިލައިގެން ދިޔައީ އޭނާގެ އ...

15 Jan 2017 | 02:32

އައު އަހަރު ފާހަގަކުރުމަށް ތުރުކީގެ ނައިޓް ކްލަބެއްގައި ކުރިއަށްދިޔަ ޕާޓީއަކަށް ހަމަލާދީ 39 މީހަކު މަރާލާފައިވާއިރު އެ ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހޯދަމުން އަންނަ ޒުވާނާ ފިލައިގެން ދިޔައީ އޭނާގެ އަންހެނުންނާއި އަންހެންދަރި ދޫކޮށް ހަމަ އެކަނި ފިރިހެން ދަރި ގޮވައިގެން ކަމުގައި ތުރުކީން ބުނެފި އެވެ.

މި މައްސަލައާއި ގުޅިގެން ޗައިނާގެ އުއިގާ ނަސްލަށް ނިސްބަތްވާ ދެމީހަކު އިއްޔެ ވަނީ ހައްޔަރު ކޮށްފަ އެވެ. ތުރުކީގެ މީޑިއާތަކުން ބުނެފައިވަނީ އެ ޒުވާނާ އެ ހަމަލާ ދިނުމުގެ ކުރިން ޑިސެމްބަރު މަސް ތެރޭގައި އޭނާ ކުއްޔަށް ނަގައިގެން އުޅޭ ގެއަށް ދިޔަ ކަމަށާއި އަދި އެއަށްފަހު ގެއިން ފިލައިގެން ދިޔައީ އޭނާގެ އަންހެނުންނާއި އުމުރުން އެއްމެ 18 މަހުގެ އަންހެން ދަރި ގޭގައި ބޭތިއްބުމަށްފަހު ހަތަރު އަހަރުގެ ފިރިހެން ދަރި ގޮވައިގެން ކަމަށެވެ.

އޭނާގެ އަންހެނުންގެ ނަމަކީ އަބޫ މުހައްމަދު ހޮރާސާނީ ކަމަށާއި ސުވާލު ކުރުމަށް މި މަހުގެ 11 ވަނަ ދުވަހު އެ އަންހެން މީހާ ހައްޔަރުކޮށްފައިވާކަމަށާއި ނަމަވެސް އެ ޒުވާނާއާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް މިހާރު ނޭނގޭ ކަމުގައި އެ އަންހެންމީހާ ބުނެފައިވާކަމުގައިވެސް ތުރުކީގެ ނޫސްތަކުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް