އައިއެސް އާއި ދެކޮޅަށް ސައުދީން އިސްވެ އޮވެ އެކުލަވާލި އިއްތިހާދުގެ ބައްދަލުވުމެއް މިއަދު !

މެދުއިރުމަތީގެ ގައުމުތަކުގައި ވަކި ހިލާފަތެއް އިއުލާނު ކޮށް އެ ހިލާފަތު ދެމެހެއްޓުމުގެ ބޭނުމުގައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތާއި ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލި މުސްލިމ...

15 Jan 2017 | 02:09

މެދުއިރުމަތީގެ ގައުމުތަކުގައި ވަކި ހިލާފަތެއް އިއުލާނު ކޮށް އެ ހިލާފަތު ދެމެހެއްޓުމުގެ ބޭނުމުގައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތާއި ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލި މުސްލިމް ގައުމުތަކުގެ އިއްތިހާދުގެ ބައްދަލުވުމެއް މިއަދު ސައުދީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމުގައި ސައުދީން އިއުލާނު ކޮށްފި އެވެ.

އެ އިއްތިހާދުގައި 34 ގައުމެއް ހިމެނޭކަމަށާއި އަދި ރާއްޖެވެސް ހިމެނޭ ކަމަށް ކުރީން ބުނެފައިވީނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއަދު ސައުދީގެ ވެރިރަށް ރިޔާދުގައި ބާއްވާ މި ބައްދަލުވުމުގައި ބައިވެރިވަނީ 16 ގައުމަކުންނެވެ. އެއީ ސައުދީ އަރަބިއްޔާ، އެމެރިކާ، ޖޯޑަން، އެކުވެރި އަރަބި އިމާރާތް، ބަހްރޭނު، ތުރުކީ، ތޫނިސް، އޮމާން، ގަތަރު، ކުވައިތު، ލުބުނާނު، މެލޭސިޔާ، މޮރޮކީ އަދި ނައިޖީރި އެވެ.

މި ބައްދަލުވުމުގައި އައިއެސް ޖަމާއަތް ނައްތާލުމުގައި އަމަލުކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމުގައި ސައުދީ އިން ބުނެފައި ވެ އެވެ.

" މި ސަރަހައްދާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިސްޓް ހަރަކާތްތައް ހިންގާ ކޮންމެ ބަޔަކާއި ދެކޮޅަށް ތެދުވުމަށް ސައުދީން އަބަދުވެސް އޮންނާނީ ތައްޔާރަށް، އެގޮތުން މިއަދު ކުރިއަށްގެންދެވޭ މަޝްވަރާ ބައްދަލުވުމަކީ އެބޭނުމުގައި ކުރިއަށް ގެންދެވޭ ބައްދަލުވުމެއް"މި ބައްދަލުވުމާއި ބެހޭގޮތުން ސައުދީން ނެރެފައިވާ ބަޔާނެއްގައި ވެ އެވެ.

ސައުދީ އަރަބިއްޔާގައި މި ބައްދަލުވުން މިއަދު ފެށުމައް ތައްޔާރުވެފައިވާއިރު އައިއެސްއާއި ދެކޮޅަށް ކުރާ ހަނގުރާމައަށް ސައުދީން އަންނަނީ ގިނަ ހަރަދުތަކެއް ވެސް ކުރަމުންނެވެ. އެގޮތުން 2014 ވަނަ އަހަރު އެކަނިވެސް މި ހަރަކާތަށް ސައުދީން ވަނީ 500 މިލިއަން ޑޮލަރު ހޭދަ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް