އެލްޖީއޭގެ ރައީސް ކަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި ނައިބު ރައީސް ކަމުން މޫސާ ނަސީރު ވަކިކުރަން ފާސްކޮށްފި އެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބޯޑު މެމްބަރު ޝުޖާއު ހުސެއިން ވިދާޅުވީ ނާޒިމާއި މޫސާ ނަސީރުގެ އިތުބާރު ނެތްކަމަށް ފާސްކުރީ މިއަދު ބޭއްވި އެ ބޯޑުގެ ބައްދަލުވުމެއްގައި ފަސް މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
ބޯޑުގެ ރައީސާއި ނައިބުރައީސް ވަކި ކުރަން ފާސްކޮށްފައިވާއިރު މިއަދު ހެނދުނު ބޭއްވި ބޯޑުގެ ބައްދަލުވުމުގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރެއްވުމުގެ މައްސަލަ އެޖެންޑާ ނުކުރެއްވުމުން އެ ބައްދަލުވުން ހޫނުވެ ބައްދަލުވުން އިތުރަށް ކުރިއަށް ގެންދިއުމަށް ބަންޑާރަނައިބުގެ ލަފާފުޅަކަށް އެލްޖީއޭ އިން ވަނީ އެދިފަ އެވެ.
އެލްޖީއޭ ބޯޑުގެ މިއަދު ހެނދުނުގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރު މުހައްމަދު ނާޒިމް އެވެ. ނަމަވެސް މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ބޯޑު މެންބަރު އިބްރާހިމް ރަޝީދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް