ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް ދެ އަތޮޅަކަށް ދޭން ފަށަނީ

އަންނަ މަހު ދެ އަތޮޅެއްގައި ޕެރެމެޑިކް އެމްބިއުލާންސް ނުވަތަ އެމަޖެންސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ. ހެލްތް މިނިސްޓްރީން ބުނީ އަންނަ މ...

15 Jan 2015 | 09:11

އަންނަ މަހު ދެ އަތޮޅެއްގައި ޕެރެމެޑިކް އެމްބިއުލާންސް ނުވަތަ އެމަޖެންސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ހެލްތް މިނިސްޓްރީން ބުނީ އަންނަ މަހު ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށަން ނިންމާފައިވަނީ މާލެއާއި އައްޑޫ ސިޓީ އާއި ލ އަތޮޅުގައި ކަމަށެވެ.

އެ  މިނިސްޓްރީން ބުނީ ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް ފުރަތަމަ ދޭނެ ސަރަހައްދުތަކެއް ކަނޑައެޅި އިރު އާބާދީ ބޮޑު އެކްސިޑެންޓްތައް ގިނަ ސަރަހައްދުތަކަށް ބެލި ކަމަށެވެ. އަދި ހިދުމަތް ދޭން ފަށާއިރު އެކަމަށް ބޭނުންވާ މީހުން ތަމްރީން ކޮށް ހިދުމަތްދޭނެ މީހުން ހަމަޖައްސާނެ ކަމަށެވެ.

ރާއްޖޭގައި މިވަގުތު ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް ދެމުންދަނީ ހަމައެކަނި އޭޑީކޭ ހޮސްޕިޓަލްގައި އެވެ. އެ ހޮސްޕިޓަލުން ދަނީ ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް 2008 ވަނަ އަހަރުން ފެށިގެން ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް